މަޤާމު:
|
ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް
|
ރޭންކު:
|
CSC5-1
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ ޕްރޮފެޝަނަލްސް
|
ސެކްޝަން/ޔުނިޓް:
|
ޕޮލިސީ އެންޑް އޮގަނައިޒޭޝަނަލް ޑިވޮލޮޕްމަންޓް/އެސެސްމަންޓް އެންޑް ޕޮލިސީ ޑިވޮލޮޕްމަންޓް
|
ޑިވިޜަނުގެ މައިގަނޑު މަސައްކަތް:
|
ސިވިލް ސަރވިސްގެ ވަޒީފާތަކާބެހޭ އުސޫލުތައް އެކުލަވާލުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެސެސްމަންޓް އެންޑް ޕޮލިސީ ޑިވޮލޮޕްމަންޓް ޔުނިޓުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
|
މުސާރަ:
|
މަހަކު -/9890 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ
|
ކޮމިޝަން އެލަވަންސް:
|
މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ގިންތި:
|
ދާއިމީ
|
އަސާސީ ޝަރުތު:
|
ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ރޮނގުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ނުވަތަ،
ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ރޮނގުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މެރިޓް އުސޫލުން ސިވިލް ސަރވިސްގެ މުވައްޒަފުން ހޮވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޢަމަލުކުރަމުންގެންދާ އުސޫލުތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ކޮމްޕީޓެންސީ އެސެސްކުރެވޭނެގޮތްތައް ހޯދުމާއި ކަނޑައެޅުމާއި، އެކުލަވާލަން ޖެހޭ އުޞޫލުތައް އެކުލަވާލުމާއި އެކަންކަން ހިންގައި ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ ވަޒީފާތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް އިމްތިޙާން ތަޢާރަފް ކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބޭނުންވާނެ އިމްތިޙާނުތައް ތަރައްޤީކޮށް ބެލެހެއްޓުން.
- ސެކްޝަނުން ކުރިއަށްގެންދާ ރިފޯމް-ބޭސްޑް މަސައްކަތްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބަލައިގަންނަ މަސައްކަތްތަކެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ރާވައި، ވިލަރެސްކޮށް ބެލެހެއްޓުން.
- ޤާނޫނާއި ޤަވާއިދަށް އަންނަ ބަދަލުތަކާ ގުޅިގެން، ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަށް މުރާޖަޢާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުމާއި އެ މަސައްކަތް ބެލެހެއްޓުން.
- މެރިޓް އުޞޫލުން މުވައްޒަފުން ހޮވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންތައްތަކުން އަރައިގަނެވޭނެ ގޮތްތަކާބެހޭ ދިރާސާކޮށް ހައްލު ހޯދުން.
- ސިވިލް ސަރވިސްގެ މަގާމުތަކުގެ ރެކްރޫޓްމަންޓް ޓޫލްކިޓްތައް އެކުލަވާލުމާއި އެއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި، ރިވިއު ކުރުމުގެ މަސައްކަތް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުމާއި ހިންގުން.
- ސިވިލް ސަރވިސް ވަޒީފާތަކަށް ޤާބިލު މީހުން ހޯދުމަށް ބޭނުންވާ އިމްތިޙާނުތަކާގުޅޭ ސިޔާސަތު ތައްޔާރުކުރުން.
- ސިވިލް ސަރވިސްގައި މުވައްޒަފުން ދެމެހެއްޓުމަށް ބޭނުންވާ ސްޓްރެޓެޖީތައް ޤާއިމުކޮށް މިކަމާގުޅޭ އުޞޫލުތައް އެކުލަވާލުން.
- ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު ވެރިންގެ ޢަމަލުކުރަންޖެހޭ އުޞޫލުތައް ތަރައްޤީކޮށް ބެލެހެއްޓުން.
- މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި، ކޮމިޝަނުގެ ނިންމުންތަކާއި އެއްގޮތައް މަސައްކަތުގެ ޕްލޭންތައް ހަދައި، ހިންގައި ބެލެހެއްޓުން.
- މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާކުރުމާއި، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފާ އިސްވެރިންނަށް ހިއްސާކުރުން.
- ސީ.އެސް ވިއުގަ 2.0 ތަރައްގީކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތަތައް ކުރުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2020 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 20)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15)
ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 65)
- އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
- ޤާނޫނާއި ޤަވާއިދު - 10 އިންސައްތަ
- ހިންގުމުގެ ހުނަރު – 10 އިންސައްތަ
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2020 ފެބުރުވަރީ 11 ން 2020 ފެބުރުވަރީ 29 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން
|
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.
|