ޢާންމު މަޢުލޫމާތު
ނަންބަރު: IU/HB/2020/02
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 09 ފެބުރުވަރީ 2020 14:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
 6 ވަނަ އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތް 2020

                                އިޢުލާން

  6 ވަނަ އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތް 2020 

                     

                ހޭންޑް ބޯލް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން 20 މާރިޗް 2020 ގައި ފެށުމަށް ހަމަޖެހިފައިވާ، 06 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސްކޫލްތަކުން  ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 09 ފެބްރުއަރީ 2020 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން  ހޭނޑްބޯލް މޯލްޑްސްއަށް ފޮނުއްވުން އެދެމެވެ. ފޯމު ލިބިވަޑައި ގަންނަވާނީ ގަލޮޅު ދަނޑުގައި ހުންނަ ހޭންޑް ބޯލްމޯލްޑިވްސްގެ އޮފީހުންނެއެވެ.

މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 އަހަރާއި 17 އަހަރާއި 19 އަހަރުންދަށުގެ އުމުރުފުރާއިން އަންހެން އަދި ފިރިހެން ކެޓަގަރީއަށެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޕްރޮވިޒަނަލް ޓީމް ލިސްޓް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ 25 ފެބްރުއަރީ 2020 އެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ފައިނަލް ޓީމް ލިސްޓް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ 01 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

 އިތުރު މައުލޫމާތު ހޯއްދެވުމަށް ހޭނޑްބޯލް މޯލްޑިވްސްގެ ނަންބަރ 3000500 އަށް ގުޅުއްވުން އެދެމެވެ.

30 ޖަނަވަރީ 2020