ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218-CS/218/2020/1
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ސަނަދުތަކުގެ ފެންވަރުބެލުމާ ގުޅޭ

 

ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ސަނަދުތަކުގެ ފެންވަރުބެލުމާ ގުޅޭ

ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ސަނަދުތައް، މި އޮތޯރިޓީން ފެންވަރުބެލުމަށް (ވެލިޑޭޓްކުރުމަށް) ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތަށް އެދެވޭނީ ވަޒީފާ ދޭ ފަރާތްތަކަށެވެ. މިގޮތުން،  މި އޮތޯރިޓީއަށް ހުށަހަޅާ ބިދޭސީންގެ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ އެ ޤައުމެއްގެ ފޮރިން މިނިސްޓްރީން އެޓެސްޓް ކޮށްފައެވެ. އެޓެސްޓް ނުކޮށް ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް މި އޮތޯރިޓީން ޤަބޫލު ނުކުރާނެއެވެ. މީގެ އިތުރުން އިނގިރޭސި ބަސް ފިޔަވައި އެހެން ބަހަކުން ލިޔެފައިވާ ލިޔެކިޔުމެއް ހުށަހަޅާނަމަ، އެ ލިޔުކިޔުމެއް އޮންނަންވާނީ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައެވެ.

ބިދޭސީންގެ ސަނަދު ފެންވަރުބެލުމަށްޓަކައި މި އޮޓޯރިޓީގެ ވެބްސައިޓްގެ 'ޑައުންލޯރޑްސް' ބައިން އެކަމަށް އެދޭ ފޯމު "އެޕްލިކޭޝަން ފޯރ ސެޓްފިކެޓް ރިކޮގްނިޝަން/ ވެލިޑޭޝަން (ފޯރ ފޮރިނަރސް)" ލިބެން ހުންނާނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު މި ފޯމުގައި ހިމެނޭނެއެވެ. މި ފޯމު މި އޮތޯރިޓީން ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 11:30 އަށެވެ.

ހުށަހަޅާފައިވާ ސަނަދާ ގުޅިގެން އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ މި އޮތޯރިޓީން ހުށަހަޅާ ފަރާތާ މުޢާމަލާތު ކުރަމުންގެންދާނެއެވެ. އެގޮތުން މި އޮތޯރިޓީން މުޢާމަލާތު ކުރާނީ ސަނަދުގެ ފެންވަރުބެލުމުގެ މަސައްކަތާ ގުޅިގެން ވަޒީފާ ދޭ ފަރާތުން މި އޮތޯރިޓީއާ ގުޅުމަށް ކަނޑައަޅާފައިވާ ދިވެހި މުވައްޒަފާއެވެ. މި ޚިދުމަތުގެ ފީ މި އޮތޯރިޓީއަށް ދައްކަންޖެހޭނީ ސަނަދުގެފެންވަރު ބަލާ ނިމުމަށްފަހު އެ ސަނަދާ ޙަވާލުވެވަޑައިގަންނަވާ އިރުއެވެ.

30 ޖަނަވަރީ 2020