ދިވެހިރާއްޖެ
ލ. ގަމުން މަސްކައްކާ ހިއްކުމާއި، ހުއިފިލަނޑާ ކައްކާ ހިއްކުމާއި މިފަދަ މަސައްކަތްތަކަށް ބިންދޫކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން އެފަދަ މަސައްކަތްތަކަށް ލ. ގަމުން ބިން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިންދޫކުރުމަށް ހަމަޖެހިފައިވަނީ ތުނޑީން 01 ބިމެވެ. އެއީ A9 ބިމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ގަމު ކައުންސިލް އިދާރާ |
06 ފެބުރުއަރީ 2020 |
ބުރާސްފަތި |
12:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ގަމު ކައުންސިލް އިދާރާ |
11 ފެބުރުއަރީ 2020 |
އަންގާރަ |
12:00 |
މަޢުލޫމާތު ލިބިގަތުމާއި، ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.