ޢާންމު މަޢުލޫމާތު
ނަންބަރު: MS/IUL/2020/02
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި:
10 ފެބުރުވަރީ 2020 13:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2020ވަނަ އަހަރު މަޖީދިއްޔާ ސްކޫލް ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަން އިޢުލާނާ (MS/IUL/2020/01) ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފަރާތަކުން ގަބޫލްކުރެވޭ ފެންވަރެއްގެ އަގު ހުށެހެޅުމުން، ކޮންޕީޓްކުރާ އެހެން އެއްވެސް ފަރާތެއް ނެތުމުގެ ސަބަބުން ސްކޫލްގެ އިވޭލުއޭޝަން ކޮމިޓީ މެންބަރުންގެ އިއްތިފާޤުން 3ވަނަ ފަހަރަށް އިއުލާން ކުރަން ނިންމިއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖެނުއަރީ 30 އިން 2020 ފެބްރުއަރީ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބްރުއަރީ 10ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 12ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބްރުއަރީ 11 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ފޯން:332-4691
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
30 ޖަނަވަރީ 2020