ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/13
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:02
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުރައްކަލަށް ހުށައެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހޯދުން

ކުޑަކުދިންނަށް އިތުބާރުކުރެވޭ މަޤާމްތަކުގައި ތިބޭ ފަރާތްތަކުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ދެނެގަނެ އަވަސް ހައްލެއް ހޯދުމަށާއި، ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރައްވަމުން އަންނަ ކަމަށް އެމިނިސްޓްރީން ވަނީ މި އިދާރާއަށް އަންގަވާފައެވެ.

އެހެންކަމުން ދަޢުލަތުގެ އިދާރާގެ ސަމާލުކަމަށް ގެނެވިފައިނުވާ، ނުރައްކަލަކަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މި ކައުންސިލާއި ހިއްސާކޮށްދެއްވުންއެދެމެވެ. އެފަދަ ކުދިންގެ މަޢުލޫމާތު މިކައުންސިލާ ހިއްސާ ކުރިނަމަވެސް އެމަޢުލޫމާތު ރައްކާތެރިކުރާނެކަމުގެ ޔަޤީންކަން އެފަރާތްތަކަށް އަރުވަމެވެ.

ވީމާ، މިކަމަށް ޚާއްޞަ ސަމާލުކަމެއްދެއްވާ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ މައްސަލައެއްގެ މަޢުލޫމާތު އެއްވެސް ފަރާތަކަށް ލިބިލައްވައިފިނަމަ، އެކަން ލަސްނުކުރައްވާ ރިޕޯޓްކުރައްވަމުން ގެންދެވުމަށް އެންމެހާ ފަރާތްތަކަށް އަންގާ އިޢުލާން ކުރީމެވެ.

30 ޖަނަވަރީ 2020