ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)300-EC/300/2020/4
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 13 ފެބުރުވަރީ 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ނަންބަރު: (IUL)300-EC/300/2020/4

އިޢުލާން

                                             

ވަޒީފާގެ ފުރުޞަތު:

 

މަޤާމު:              މަސައްކަތު

މަޤާމުގެ ނަންބަރު:       J-309674

ބޭނުންވާ އަދަދު:        01 ( އެކެއް )

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:        އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1 

ވަޒީފާ އަދާކުރަންޖެހޭ ތަން:  މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ

މުސާރަ:              3100.00 ރުފިޔާ

ސަރވިސް އެލަވަންސް:    މަހަކު 1000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:    މަހަކު 1200.00 ރުފިޔާ

                  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތަށް ގޮސް މިސްކިތާއި ފާޚާނާއާއި އިސްކުރުބަރި ސާފުކުރުން.           

2-      މިސްކިތުގައި ބޭނުންކުރާ ފާޚާނާތައް ކޮންމެ ދުވަހަކު އެއް ފަހަރު ދޮވެ ސާފުކުރުން.

3-      މިސްކިތުގައި ބޭނުންކުރާ ހަރުގަނޑުތަކާއި ކުޑަދޮރާއި ދޮރުފަތް ފެންލައިޓްތަކާއި ލޫވަރ އަދި މިނޫނަސް ހިރަފުސް ހަރުލާފައި ހުންނަ ފަރުނީޗަރުތަކާއި ތަންތަން ހަފުތާއަކު 3 ދުވަހު ފޮޅައި ސާފުކުރުން.

4-      މިސްކިތު ގޯތިތެރޭގައި ގަސް އިންދައި ހައްދައި ކޮންމެ ދުވަހަކުވެސް ފެންދީ ބެލެހެއްޓުން

5-      މިސްކިތުގައި ބޭނުންކުރާ ބެޓްރީ ލައްވާ ގަޑިފަދަ ތަކެއްޗާއި އޮޓޯ ސްވިޗާއި ކެޕޭޝްޓަރުފަދަ ތަކެތި ލައްވައިގެން ބޭނުންކުރާ ތަކެތި ރަނގަޅަށް ބަލަހައްޓައި ބެޓްރިއާއި އޮޓޯ ސްވިޗް އަދި ކެޕޭޝްޓަރުފަދަ ތަކެތި ބަދަލުކޮށްގެން މިސްކިތުގައި ބޭނުންކުރެވޭ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ތަކެތި ބެލެހެއްޓުން 

6-      ހަފްތާއަކު އެއްފަހަރު މިސްކިތުގެ ގޯތިތެރޭގެ ވިނަކޮށައި، ވިނަނޮޅާ ސާފުކުރުން.

7-      މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މުދިމު / އިމާމަށާއި، ރަށުކައުންސިލަށް އަންގަމުން ގެންދިއުން.

 

 

މަޤާމުގެ ޝަރުތުތައް:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.

 

ހުށަހަޅަށްޖެހޭ ތަކެތި:

1-      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  www.csc.gov.mv އަދި މިއިދާރާގެ   ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

                  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

          (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް:

- މަޤާމާގުޅޭ ދާއިރާގެ ތަޢުލީމަށް %21

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %26

- މަސައްކަތުގެ ހުނަރަށް  %48

* މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %35

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ލިބެން ހުންނާނެ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

     މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރ.ރަސްގެތީމު ކައުންސިލުގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

             މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ފެބުރުއަރީ 2020 އާއި 27 ފެބުރުއަރީ 2020 އާއި ދެމެދު ، މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580068 އަށެވެ.   

 

                  04 ރަބީއުލްއާޙިރާ 1441

                       29 ޖަނަވަރީ  2020

29 ޖަނަވަރީ 2020