މަޤާމް :
|
އެޑްމިން އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/4650 ރުފިޔާ ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/2610 ރުފިޔާ ( ދެހާސް ހަސަތޭކަ ދިހަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
އެޑްމިން ސެކްޝަން
|
މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް
|
- ސްޓޮކް އަދި ހަރުމުދާ ބެލެހެއްޓުމާ ގުޅޭ މަސައްކަތް ކުރުން
- ޖަލްސާތައް ބޭއްވުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން
- ސަލާމަތީ ކަންތައްތަކާ ގުޅޭ މަސައްކަތް ކުރުން
- އެހެނިހެން އިދާރީ މަސައްކަތް ކުރުން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ނުވަތަ ސެޓްފިކެޓް ފެންވަރުގެ ފާހެއް އޮތުން ނުވަތަ އޭލެވެލް އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން
- ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
- ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔަންޖެހޭ ތަކެތި ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއިއެކު ރަނގަޅަށް މުޢާމަލާތް ކުރަން އެނގޭފަރާތަކަށްވުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ޕްރޮކިއުމަންޓް ދާއިރާއިން ތަޖްރިބާ ލިބިފައިވުން
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަޅަށް ބޭނުން ކުރަން އެނގުން
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
- ދިމާވާއެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 8:00 އިން ހަވީރު 15:00އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
- ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2020 ފެބުރުވަރީ 09 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
https://maldivespost.com/media/downloads
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|