ދިވެހިރާއްޖެ
އެސް.ޓީ.އޯ ޏ. ފުވައްމުލައް ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުތަކުން ބާލައިގެން އެސް.ޓީ.އޯ ޏ. ފުވައްމުލައް ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
މަސައްކަތުގެ މުއްދަތު: 01 އަހަރު
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2020 ފެބްރުއަރީ 04 ވަނަ ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ޏ.ފުވައްމުލައް ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2020 ފެބްރުއަރީ 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2020 ފެބްރުއަރީ 05 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ޏ. ފުވައްމުލައް ފިހާރަގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ފެބްރުއަރީ 06 ވާ ދުވަހުގެ 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2020 ފެބްރުއަރީ 09 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 12 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ޏ. ފުވައްމުލައް ފިހާރަައިގައެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު:3012679 , 3344262
ފެކުސް: 3344633
އީމެއިލް: [email protected]
29 ޖެނުއަރީ 2020