ވަޒީފާގެ ފުރުޞަތު
ނަންބަރު: GS39/IUL/2020/ 01
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 06 ފެބުރުވަރީ 2020 13:00
ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                              `

ޣާޒީ ބަންޑާރައިން ސްކޫލް

ހއ. އުތީމު /ދިވެހިރާއްޖެ

                                              ނަމްބަރ :GS39/IUL/2020/ 01

 

 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރ:

J-133111

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމް އޮތް އޮފީސް:

ޣާޒީ ބަންޑާރައިން ސްކޫލް / ހއ. އުތީމު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޣާޒީބަންޑާރައިން ސްކޫލް / ހއ. އުތީމު

ސެކްޝަން:

އެޑްމިން

މުސާރަ:

3100.00 ރުފިޔާ

ސާވިސް އެލަވަންސް:

1000.00 ރުފިޔާ

ސަޕޯރޓިން ކޯ އެލަވަންސް:

 1200.00 ރުފިޔާ

އިތުރު އިނާޔަތްތައް:

 

 

- ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ އުސޫލުގެ ދަޝުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

 

މަޤާމުގެމައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

- ސްކޫލުގެ ގޯތިތެރެއާއި ސްކޫލް ހިމެނޭ ސަރަހައްދުގެ މަގުތައް ކުނިކަހައި ސާފުކުރުމާއި، ކްލާސްތައް ކުނިކަހައި މޮޕްކުރުމާއި، އެހެނިހެން ކްލާސްތައް ކުނިކަހައި ސާފުކުރުން (ފޮޅައި ސާފުކުރުމާއެކު)

-          ހަވާލުކުރެވޭ އެންމެހައި އިމާރާތްތައް ކޮންމެ ދުވަހަކު ކުނިކަހާ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އެއިމާރާތްތަކުގެ ފަންކާތައް ސާފުކުރުން.

-          ހަވާލުކުރެވޭ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން

-          ސްކޫލުގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އިމްތިޙާންތަކަށް ހޯލް ތައްޔާރުކުރުމާއި، އެކަން ނިމުމުން ކްލާސްތައް ރޭވުން.

-          ހަވާލުކުރެވޭ އެންމެހާ މެޝިނަރީސްތައް، ކޮންމެދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

-          އިތުރު ހަރަކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.

-          ސްކޫލުގެ ގޯތިތެރޭގައިވާ ރުއްގަސްތަކުގެ ތެރެއިން ހަވާލުކުރެވޭ ރުއްގަސްތައް ކޮށައި ބެލެހެއްޓުން.

-          ފާޚާނާއަށްދާ ދަށް ގްރޭޑްގެ ދަރިވަރުންނަށް އެހީތެރިވުން.

-          އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމާއި، ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.

-  ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާއިގުޅޭގޮތުން ޙަވާލުކުރެވޭމަސައްކަތްތައް ކުރުމަށްހަމަޖެހިފައިވާ ގަޑިއަށް ވެރިންއަންގަވާ ފެންވަރަކަށް މަސައްކަތްކުރުން. އަދި މުވައްޒަފަކު ޗުއްޓިއެއް ނަގައިގެން މަސައްކަތެއް ހަވާލުކޮށްފިނަމަ އެކަމެއްއް ޙަވާލުކުރެވޭ ގޮތަކަށް ކުރުން

-          ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެގުން

 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް  ނުވަތަ ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) އަދި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.                                                 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)          
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް                                 
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން                                                        
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛                                         

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ  

ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ      
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ                                                        
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ                                         

 ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

9   ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާ ކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ތަޢުލީމާއި ތަމްރީން  - %26                                                     

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ - %26

މަސައްކަތުގެ ހުނަރު - %48

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 6 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން، ޣާޒީ ބަންޑާރައިން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިމެއިލް ކުރައްވާނީ [email protected] އަށެވެ.

-  ( ފޮނުވާ އެޕްލިކޭޝަން ފޯމުތަކާއި ލިޔެކިޔުންތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.)

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

-          އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ  ހުރިހާ  ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:      

-  ( ފޮނުވާ އެޕްލިކޭޝަން ފޯމުތަކާއި ލިޔެކިޔުންތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.)

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

-          އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ  ހުރިހާ  ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:      

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  9 ފެބްރުއަރީ 2020  އާއި 11 ފެބްރުއަރީ 2020  އާއި ދެމެދުގެ ތާރީޚެއްގައި، ޣާޒީ ބަންޑާރައިން ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. މީގެ އިތުރުން މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން 55 (ފަންސާސްފަހެއް) އަހަރު ފުރިފައިވާ  ފަރާތްތައް އުނިކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

35%

 

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޣާޒީ ބަންޑާރައިން ސްކޫލުގެ ނަންބަރު 6500311 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

                                 

29 ޖެނުއަރީ 2020                                                       

 

29 ޖަނަވަރީ 2020