ދިވެހިރާއްޖެ
އިޢުލާން
ހއ އުލިގަމު ޞިއްހީމަރުކަޒުގެ ގިފިލިބައި ހިޔާކޮށް ލޯންޑްރީއެއް ހެދުމާބެހޭ
ހއ. އުލިގަމު ޞިއްޙީމަރުކަޒުގައި މިހާރުހުރި ގިފިލިބައި އަމިއްލަ ތަކެތީގައި ހިޔާކޮށް ލޯންޑްރީއެއް
ހެދުމަށް ކުރެވުނު މިމަރުކަޒުގެ ނަމްބަރ A2-HC(IUL)2020/03 އިޢުލާންއާ ގުޅިގެން ކުރިމަތިލީ ފަރާތްތަކަށް މައުލޫމާތު
ދިނުމުގައި ބައެއް މަޢުލޫމާތުދެވިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިސައްކަތައް ޝައުގުވެރިލައްވާ ފަރާތްތަކުން 2 ފެބުރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:30 އަށް
މިމަރުކަޒަށް ވަޑައިގެން މަޢުލޫމަތު ސާފުކުރެއްވުމަށް ފަހު، 06 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ
ހިސާބު މި މަރުކަޒަށް ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ.ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި،
ގަޑިޖެހިގެން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން
ލިބިވަޑައިގަންނަވާނެއެވެ.
- އުލިގަމު ޞިއްޙީމަރުކަޒު، ހއ. އުލިގަން
- ފޯން: 6500564
- އީމެއިލް: [email protected]