ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS/2020/04
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 04 ފެބުރުވަރީ 2020 13:30
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ ބެޗްލާރސް ޑިގުރީ އާއި މާސްޓަރސް ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާތައް:

 Counselling Approaches II

ޝަރުތު:

ކައުންސެލިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއިން އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

             Self Awareness

ޝަރުތު:

ކައުންސެލިންގ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއިން އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

Care and Protection of children, Family and Domestic Violence

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއިން އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

، Engaging with Communities

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއިން އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

Social Work and Law

ޝަރުތު:

ޤާނޫނީ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މާއްދާއާއި ގުޅޭ ދާއިރާއިން އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މާއްދާތައް:

ހެލްތު ސައިކޮލޮޖީ

ޝަރުތު:

ހެލްތް ސައިކޮލޮޖީ ނުވަތަ ސައިކޮލޮޖީގެ ދާއިރާއިން މަސާޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. ޔުނިވަރސިޓީއެއްގައި ބެޗެލަރސް ފެންވަރުގެ ސައިކޮލޮޖީ މާއްދާތައް ކިޔަވައި ދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މާއްދާތައް:

ސައިކޮލޮޖިކަލް އެސެސްމެންޓްސް އެންޑް އެޕްލައިޑް ސްޓެޓިސްޓިކްސް.

ޝަރުތު:

ސައިކޮލޮޖީގެ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ސައިކޮލޮޖިކަލް އެސްސެސްމެންޓް މޮޑިއުލް ކިޔަވާފައިވުން. ޔުނިވަރސިޓީއެއްގައި ބެޗެލަރސް ފެންވަރުގެ ސައިކޮލޮޖީ މާއްދާތައް ކިޔަވައި ދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

- މިމަޤާމްތަކަށް މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ

  ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

4 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

29 ޖަނަވަރީ 2020