ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީ އަށް ފޮޓޯ ކޮޕީ މެޝިނެއް ގަންނަން ބޭނުންވެގެން 14 ޖަނަވަރީ 2020ގައި ކުރެވުނު ނަމްބަރު (IUL)202-A/1/2020/3އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުގުވެރިވެލައްވާ ފަރާތްތަކުން 9 ފެބުރުވަރީ 2020 ވާ އާދީއްތ ދުވަހު 10:00 އަށް މިއޮތޯރިޓީ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
4 ޖުމާދަލްއާޚިރާ 1441
29 ޖަނަވަރީ 2020