ދިވެހިރާއްޖެ
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކ.ވިލިމާލޭގައިވާ މި މިނިސްޓްރީގެ ގުދަނުގެ ގޯތިތެރޭގައި ހެދި ބޮޑުވެފައި ވާ ނިކަ ގަހުގެ މޫތަކާއި ގޮފިތައް އާންމުންނަށް އުދަގޫނުވާހެން ކެޑުމަށާއި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/09 (07 ޖަނަވަރީ 2020) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި އަގު ހުށަހަޅުއްވާއިރު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅުއްވާފައިނުވާތީ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީމަގު) ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރެއްވުމަށް އެދެމެވެ. އަދި ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން |
މިނިސްޓްރީގެ ރިސެޕްޝަން |
29 ޖަނަވަރީ 2020ގެ 08:30 އިން 30 ޖަނަވަރީ 2020 ގެ 10:00 އަށް |
ޕްރީ ބިޑް މީޓިންގ |
މިނިސްޓްރީގެ މީޓިންގރޫމް 4 |
30 ޖަނަވަރީ 2020 ގެ 10:30 އަށް |
ބިޑް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގރޫމް 4 |
10 ފެބްރުވަރީ 2020 ގެ 11:00 އަށް |
3. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރީ ބިޑް މީޓިންގގައި ހަވާލުކުރެވޭނެއެވެ. ޕްރީބިޑް މީޓިންގއަށްފަހު ސައިޓް ސުޕަވައިޒިންގ އަށް ދިއުން އޮންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ޕްރީބިޑް މީޓިންގއަށް ވަޑައިނުގަންވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
4. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
5. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 ފެބްރުވަރީ 05 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.