ކުއްޔަށް ދިނުން
ނަންބަރު: ADM-HR/MPL/IUlAAN/2020/08
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1457
ސުންގަޑި: 12 ފެބުރުވަރީ 2020 1400
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ މައިޢިމާރާތުގެ 06 ވަނަ ފަންގިފިލާ ކުއްޔަށް ދިނުން

ހ. ޓޫ ސްޓަރގައި ހުރި މި ކުންފުނީގެ މައި ޢިމާރާތުގެ (ޕޯސްޓް ބިލްޑިންގ) 6 ވަނަ ފަންގިފިލާ ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  ވީމާ ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 12 ފެބްރުއަރީ 2020 ވާ  ބުދަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މައި ޢިމާރާތުގެ 06ވަނަ ފަންގިފިލާ ކުއްޔަށް ދިނުމާއި ބެހޭ މަޢުލޫމާތު

 

1-      4 ވަނަ ފަންގިފިލާގެ ފްލޯރ އޭރިޔާ -  3207.60 އަކަ ފޫޓް

2-      އަގު ހުށަހަޅުއްވާއިރު ހުށަހަޅުއްވަންވާނީ އަކަ ފޫޓަކަށް  28 ރުފިޔާ އާއި 35 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވާން ވާނެއެވެ. 

3-      މިފަންގިފިލާ ބޭނުން ކުރެވޭނީ ހަމައެކަނި އޮފީސް ހިންގުމަށް

4-      ކުއްޔަށް ދެވޭ މުއްދަތު 3 އަހަރު

5-      ބިޑް ކާމިޔާބު ކުރާ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 3 މަހުގެ ކުއްޔަށްވާ ފައިސާ ދައްކަންވާނެއެވެ.

6-      ބިޑު ހުށަހަޅާއިރު، ބިޑު ހުށަހަޅާ ފަރާތުގެ ކްރެޑިބިލިޓީއާއި ފައިނޭންޝިއަލް ސްޓެބިލިޓީ އެގޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތެއްނަމަ 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.

7-      ފްލޯރގެ އިންޓީރިއާރ ހަދާނީ ކުއްޔަށް ހިފާ ފަރާތުން އެފަރާތުގެ އަމިއްލަ ޚަރަދުގައެވެ. އަދި މިފަދަ ކަންކަމަށް ކުރެވޭ ޚަރަދު ކުއްޔަކުން ނުކެނޑޭނެއެވެ.

 

އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާރކްސް ދެވޭނެގޮތް.

   ކުއްޔަށް ހިފާ އަގު:            60%

   ޕްރޮފައިލް އަދި މާލީ ޤާބިލްކަމަށް :  %30

   ކުއްޔަށް ހިފާ މުއްދަތަށް:           10%

 

  

އިތުރު ކަންތައްތައް

     

ނޯޓް: ބިޑް ޑޮކިއުމަންޓްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކުންފުނީގެ ޕްރޮފައިލް
  2. ކުންފުނީގެ ރެޖިސްޓްރޭޝަން
  3. ޖީ.އެސް.ޓީ ސެޓްފިކެޓް
  4. ބިޑް ހުށަހަޅުއްވާނީ 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހު  14:00 އަށް ޕޯސްޓް ބިލްޑިންގގެ 7 ވަނަ ފަންގިލާއަށް ވަޑައިގެން
  5. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބެއް ދިމާވެގެން ބިޑް ބާޠިލް ކުރަން ޖެހިއްޖެ ހިދެއްގައި ބިޑް ބާޠިލް ކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  6. ސަރުކާރުގެ އިދާރާތަކަށް އިސްކަން ދެވޭނެއެވެ.
2020-01-28