ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2020/13
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 06 ފެބުރުވަރީ 2020 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ވޯކަރ

އިޢުލާން

މި އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު

ކޮމިއުނިޓީ ވޯކަރ

މަޤާމުގެ ނަންބަރު:

HCS001, HCS002, HCS003, HCS004, HCS005, HCS006, HCS007, HCS008, HCS009, HCS010, HCS011, HCS012, HCS013, HCS014, HCS015, HCS016, HCS017, HCS018, HCS019, HCS020

ބޭނުންވާ ޢަދަދު:

20 (ވިހި(

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (31 ޑިސެމްބަރ 2020 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

 މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރާއި އެލަވަންސް:

އަސާސީ މުސާރަ: -/ 1,400(އެއްހާސް ހަތަރުސަތޭކަ) ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް: -/ 1,000(އެއްހާސް) ރުފިޔާ (މަހަކު)

މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް:

  • މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 80/- (އަށްޑިހަ) ރުފިޔާ އުނިކުރެވޭނެއެވެ.
  • ފެންޝަން ފައިސާގެ ގޮތުގައި ކޮންމެ މަހަކު އަސާސީ މުސާރައިގެ 7% ފައިސާ އުނިކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ދުވަހާއި ވަގުތު:

އާންމުކޮށް މަސައްކަތް ކުރަންޖެހޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހު ހަވީރު 16:00 ން 18:00 އަށް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާގޮތެއްގެ މަތިން ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބަލަހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި ބިންތަކާއި ގަބުރުސްތާނާއި ކުޅިވަރު ކުޅޭ ތަންތަން ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  3. ޙާއްޞަ މުނާސަބަތުގައި ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން
  4. ޚާއްޞަ ގޮތެއްގައި ކުއްލިއަކަށް ކުނިކަހާ ސާފުކުރަންޖެހިއްޖެ ހިނދެއްގައި ކައުންސިލުން  އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުނިކަހައި ސާފުކުރުން. (އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ނުވަތަ ސަރުކާރުގެ މަތީ ދަރަޖައިގެ ބޭފުޅުން ރަށަށް ވަޑައިގަންނަވާ ދުވަސްތައް)
  5. ޢާއްމުކޮށް ކުނިކަހާ ސާފުކުރަންޖެހޭ ދުވަހެއްގައި، ކުނިކަހާ ސާފުކުރަންޖެހޭ ސަރަޙައްދުގެ ބަދަލުގައި ރަށުގެ އިޖުތިމާޢީ އެހެން ސަރަޙައްދެއްގައި މަސައްކަތްކުރަން ކައުންސިލުން އިދާރާއިން ޙަވާލުކޮށްފިނަމަ އެ މަސައްކަތެއް ކުރުން.
  6. ކުނިކަހާ ސާފު ކުރުމުގައި އަކިރިއާއި ގައު ފަދަ ތަކެތި ނަގާ ވީހާވެސް ރީތިކޮށް ކުނިކަހާ ސާފުކުރުމަށާއި، ކުނިކަހާ ނިމިގެން ހުރިހާ ކުންޏެއް ނަގާ ރަށުގައި ކުނިއެޅުމަށްޓަކައި ރަށު ކައުންސިލްގެ އިދާރާއިން ޚާއްޞަކޮށްފައި އޮންނަ ތަނަކަށް ކުނި ގެންގޮސް އުކާލުން.
  7. ކުނިކަހާ ސާފުކުރުމުގައި ނަގާ ކުނި އުކާލަންވާނީ ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ފަދަ ގޮތެއްގެމަތިން ދަގަނޑުގެ ބާވަތްތަކާއި، ޕްލާސްޓިކާއި، ކުނިވާ ބާވަތުގެ ތަކެއްޗާއި، އަދި ނުރައްކާތެރި ބާވަތްތަކުގެ ކުންޏާއި ތަކެތި ވަކިކޮށް އެބާވަތެއްގެ ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ތަނަކަށް. (ނުރައްކާތެރި ކުނީގެ ގޮތުގައި ބެލެވެނީ ކެމިކަލް އަޅާފައި ހުންނަ ތަކެތި، ބެޓެރި، ފުޅިތޮށި، ސިމެންތި ޓިނު ފަދަ އިންސާނުންނަށް ގެއްލުމެއް ލިބިދާނެފަދަ ތަކެތި)
  8. ޤަވާޢިދާ ޚިލާފަށް ކުނި އަޅާ، އުކާ ފަރާތްތައް ބަލާ، ރަށު ކައުންސިލްގެ އިދާރާއަށް މަޢުލޫމާތު ދިނުން
  9. ރަށުގެ ބީޗް ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

v     ލިޔަން ކިޔަން އެނގުން

މަޤާމާއި ގުޅޭ ތަޢުލީމީ ރޮނގު(ތައް)

މަޤާމާއި ގުޅޭ މަސައްކަތު ދާއިރާ(ތައް)

  • -
  • ކުނިކަހާ ފޮޅާ ސާފުކުރުން
 

އެހެނިހެން ޝަރުތުތައް:

  • ކުނިކަހާ ސާފުކޮށް ބެލެހެއްޓޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަވުން
  • ފުލްޓައިމް ވަޒީފާއަދާ ކުރާ ފަރާތެއްކަމުގައި ނުވުން
  • ފުލްޓައިމް ދަރިވަރަކަށް ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒިފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ނޯޓް: ހޯރަފުށީ ކައުންސިލްގެ އިދާރާގައި މުވައްޒަފެއްގެ ހައިސިއްޔަތުން ނުވަތަ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްފައިވާ ނުވަތަ މަސައްކަތް ކުރަމުން އަންނަކަން އަންގައިދޭ ލިޔުން ހުށަނޭޅި ކަމުގައިވިޔަސް އެފަދަ ފަރާތްތަކަށް މާރކްސް ދެވޭނެއެވެ. އެހެން ނަމަވަސް އެ މަސައްކަތެއް ވަޒީފާއަށް އެދޭ ފޯމުގައި އެކަމަށް ހާއްސަކޮށްފައިވާ ތަނުގައި ލިޔެ ފުރިހަމަ ކުރަންވާނެއެވެ.

   7. ޕޮލިސް ރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ)

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

25

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

35

25

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

50

50

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %25 (ފަންސަވީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބްރުއަރީ 06 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020ފެބްރުއަރީ06އާއި
2020 ފެބްރުއަރީ12 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޖުމާދަލްއާޚިރާ 1441

28 ޖަނަވަރީ 2020