މަސައްކަތް
ނަންބަރު: (IUL)479-PR/479/2020/3
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 30 ޖަނަވަރީ 2020 10:30
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސެންޓަރުގެ ނަންބަރު (IUL)479-PR/479/2019/14 (16 ޑިސެންބަރު 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތައް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ، މި ސެންޓަރުގެ އޮފީސް އިމާރާތުގެ ބޭރުފާރުގައި ކުލަލާދޭނެ ފަރާތެއް ހޯދަން އަންދާސީ ހިސާބު ހުށަހަޅަން އަލުން ހުޅުވާލަމެވެ.

 

މަޢުލޫމަތު ސާފުކުރުން

ބީލަން ހުށަހެޅުން

ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ

 (ތީމުގެ ގަރާޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން/ ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް)

ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ

 (ތީމުގެ ގަރާޖް އިމާރާތުގެ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން/ ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް)

ގަޑި : 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 އަށް

ގަޑި : 2020 ފެބުރުވަރީ 04 ވާ އަންގާރަ ދުވަހު ހެނދުނު 10:30 އަށް

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބީލަން ހުށަހަޅަން ޙާޒިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

03 ޖުމާދުލްއާޚިރާ 1441

28 ޖަނަވަރީ 2020