ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)299/299/2020/2
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 25 ފެބުރުވަރީ 2020 12:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ބޭނުމަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި ކައުންސިލްގެ ބޭނުމަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

މިކައުންސިލްގެ ބޭނުމަށް ޕިކަޕެއް ހޯދަންވަނީ ބޭނުންވެފައެވެ.

ވީމާ މިކައުންސިލުން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 25 ފެބްރުއަރީ 2020ވާ އަންގާރަ ދުވަހު 12:00އަށް ވާދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

މަޢުލޫމާތު

  1. ޕިކަޕްގައި އުފުލޭ ބަރުދަން: 1.5  ޓަން
  2. މޮޑެލް: ރާއްޖޭގައި އާނމުކޮށް ގެންގުޅޭ TOYOTA، ISUZU،  MITSUBISHI، ފަދަ ސްޕެއަރ ފަސޭހައިން ރާއްޖެއިން ލިބެންހުންނަ ބްރޭންޑެއްގެ ޕަވަރގޭޓް އުޅަނދަކަށް ވާންވާނެއެވެ.
  3. 2015ވަނަ އަހަރުން ފަހުގެ އުފެއްދުމެއް ކަމުގައި ވާންވާނެ އެވެ.
  4. ހަކަތައިގެ ބާވަތް : ޑީސަލް
  5. ބޭނުންވާ އަދަދު:1
  6. ޕިކަޕް ފޯރުކޮށްދޭފަރާތުގެ އަމިއްލަ ޚަރަދުގައި ވާދޫ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދޭން ވާނެ އެވެ.
  7. ޕިކަޕް ފޯރުކޮށްދޭފަރާތުގެ އަމިއްލަ ޚަރަދުގައި ވާދޫގެ ބަނދަރަށް ގެނެސް ދޭންވާނެއެވެ.
  8. ވެހިކަލްއަށް ދޭ ވޮރަންޓީ

ތިރީގައި އެވަނީ ޕިކަޕްގެނެސްދިނުމަށް އެދޭފަރާތްތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ޕިކަޕް ދުއްވާފައި މިންވަރަށް 20 މާކްސް ( މަދުން ދުއްވާފައިވާނަމަ ގިނަމާކްސް ލިބޭނެއެވެ.)
  2. ހުށަހަޅާ އަގަށް 50 މާކްސް (ދައްއަގަށް ގިނަމާކްސް ލިބޭނެއެވެ.)
  3. ސަޕްލައިކޮށްދޭ މުއްދަތައް 10 މާކްސް (މުއްދަތު ކުރުނަމަ ގިނަމާކްސް ލިބޭނެއެވެ.)
  4. ޓެކްނިކަލް އިވެލުއޭޝަންއަށް 15 މާކްސް (މިބަޔަށް މާކްސްދޭނީ އިވެލުއޭޝަން ކޮމެޓީއިން ކަނޑައަޅާ ޓެކްނިކަލް ފަރާތެއް އުޅަނދު ޗެކްކުރުމަށްފަހު އުޅަނދުގެ ކޮންޑިޝަނަށް ބަލައިގެންނެވެ.)
  5. ވެހިކަލްއަށް ދޭ ވޮރަންޓީއަށް 5 މާކްސް (ވޮރަންޓީދޭ މުއްދަތު އިތުރުވާނަމަ ގިނަ މާކްސް ލިބޭނެއެވެ.)

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ  ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

            03 ޖުވާދަލްއާޙިރު 1441          

28 ޖަނަވަރީ 2020

28 ޖަނަވަރީ 2020