ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/05
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 09 ފެބުރުވަރީ 2020 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫގެ ފޫޓްބޯޅަ ދަނޑަށް ފެންޖެހޭނެ ނިޒާމަކާއި ބޯޅަގޭ ވަށައިގެން ވާ ސަރަހައްދުގައި ގާ އެތުރުމާއި ބެންޗު ހެދުމާއި އަދި ދެ ގޯލް ހަރުކޮއްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ކުނަހަންދޫގެ ފޫޓްބޯޅަ ދަނޑަށް ފެންޖެހޭނެ ނިޒާމަކާއި ބޯޅަގޭ ވަށައިގެން ވާ ސަރަހައްދުގައި ގާ އެތުރުމާއި ބެންޗު ހެދުމާއި އަދި ދެ ގޯލް ހަރުކޮއްދޭނެ ފަރާތެއް ހޯދުން

        

 މި ކައުންސިލް އިދާރާއިން ދައްކާ ނަމޫނާ އަކާއި އެއްގޮތަށް ކުނަހަންދޫގެ ފޫޓްބޯޅަ ދަނޑަށް ފެންޖެހޭނެ ނިޒާމަކާއި ބޯޅަގޭ ވަށައިގެން ވާ ސަރަހައްދުގައި ގާ އެތުރުމާއި ބެންޗު ހެދުމާއި އަދި ދެ ގޯލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާން (IUL)405-A/2019/56 (31ޑިސެމްބަރު 2019)އާއި މައުލޫމާތު ސީޓް ދިމާނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

ވީމާ، މިދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ބިޑުފޮތުގެ އަގަކީ 100 (ސަތޭކަ) ރުފިޔާއެވެ. ބިޑްފޮތް ވިއްކުމަށްފަހު އެ ފޮތުގެ އަގައްވާ ފައިސާ އަނބުރާ ހަވާލު ނުކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

09 ފެބުރުވަރީ 2020  ވާ އާދިއްތަ ދުވަހުގެ 13:00 އަށް

20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

 

    މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

                 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

03 ޖުމާދަލް އާޙިރު 1441

28  ޖަނަވަރީ  2020

28 ޖަނަވަރީ 2020