ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FDC-HR/1/2020/5
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 04 ފެބުރުވަރީ 2020 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: މެނޭޖަރ، ލީގަލް އެފެއަރޒް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު:  މެނޭޖަރ، ލީގަލް އެފެއަރޒް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް

ބޭނުންވާ އަދަދު: 01

ކުރިމަތިލުމުގެ ސުންގަޑި: 2020 ފެބުރުވަރީ 04 ވާ އަންގާރަ ދުވަހުގެ 14:00 އަށް

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ތަކެތި: މި ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ މައި އޮފީސް (ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ. އޯކިޑް8B  އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް ނުވަތަ އީމެއިލް ([email protected]) އަށް ހުށަހެޅުއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު 3313244 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

27 ޖަނަވަރީ 2020