ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް އެފް.އެމް 200 ފަޔަރ ސަޕްރެޝަން ސިސްޓަމްއެއް ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު IUL)113-PRC/I/2020/04) އިއުލާނާއި ގުޅިގެން ހުޅުވާލި ބިޑްއަށް ހާޒިރުވީ 2 ފަރާތުން ކަމަށް ވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
2 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 14:00 |
6 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 |
މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.