ދިވެހިރާއްޖެ
ނަމްބަރ: IUL393/393/2020/04 |
ތާރީޚް: 27 ޖެނުއަރީ 2020 |
||||||||||||
މި އިދާރާގެ ނަމްބަރ : 01/2020/393/393 ( 16 ޖަނަވަރީ 2020 ) ން ކުރި އިޢުލާން ބާޠިލްކޮށް އަލުން މި އިޢުލާން ކުރީމެވެ. ތ. ކިނބިދޫ ގައި އަލަށް ޖަހަންބޭނުންވާ 50 މަގުބައްތި ޖެހުމަށް ބޭނުންވާ ބުޑުތައް ހެދުމާއި، އަދި މިހާރު ޖަހާފައިހުރި 120 ހޮޅިދަނޑި މިހާރު ޖަހަފައިހުރި ތަންތަނުން ނަގައި މި އިދާރައިން ދައްކާތަނެއްގައި އަލުން ޖެހުމާ ބެހޭ . |
|||||||||||||
ތ . ކިނބިދޫގެ އިޖްތިމާޢީ ސަރަހައްދު ތަކާއި މަގުތަކަށް އަލިކުރުމަށް އަލަށް ޖަހަން ބޭނުންވާ 50 ހޮޅިދަނޑީގެ ބުޑު އަމިއްލަ ތަކެތީގައި އަޅައި ދިނުމާއި، އަދި މި ހޮޅިދަނޑިތައް މިކައުންސިލުން ދައްކާ ތަންތަނެއްގައި ޖަހައިދީ ހޮޅިދަނޑިތަކަށް ކޮންޑިއުޓް ހޮޅި ލައްވައިގެން ކައުންސިލުންދޭ ލެޑްލައިޓް / ހޮޅިބުރި ކޮމްޕްލީޓް ގުޅައިދިނުމާއި ހަރުކޮށްދިނުމާއި، އަދި ރަށުގެ އެކި ސަރަހައްދުގައި ކުރިން ޖަހާފައިހުރި 120 މަގުބައްތި އެތަންތަނުން ނައްޓާލައިގެން މި އިދާރާއިން ދައްކާ ސަރަހައްދު ތަކެއްގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 04 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން މިއިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ފޯނުނަމްބަރ : 6780031 ށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރައްވައި އަދި ނަންނޯޓް ކުރެއްވުމަށްފަހު މި އިދާރާއަށް ދުރުވެ މަޢުލޫމާތު ޝީޓު ނެންގެވުން އެދެމެވެ. އަދި މީގެ އިތުރުން 05 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނަ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށްވެސް މަޢުލޫމާތު ޝީޓު ނަންގަވާ ބިޑު ހުށަހެޅުމަށް އޮންނަ ތާރީޙްގައި ބިޑު ހުށަހެޅޭނެއެވެ.
ބިޑު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ބިޑު ހުށަހައަޅުއްވާ ސިޓީއުރަތައް ކެނޑުން އޮންނާނީ ވަޑައިގެންތިއްބެވި އެއްމެ ބޭފުޅުންގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް އެސްޓިމޭޓް ހުށަހެޅެނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 02 ޖުމާދަލްއޫލާ 1441 27 ޖަނަވަރީ 2020
|