ދެންނެވުން
ނަންބަރު: (IUL)264/PRIV/2020/5
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 01 ފެބުރުވަރީ 2020 00:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކުން ކުލިނެގުން

މިކައުންސިލްގެ 3 ވަނަ ދައުރުގެ 38 ވަނަ އާންމު ބައްދަލުވުމުން، ދަނޑުބިންތަކުން ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުން ފައިސާނަގަން ފެށުމުގެކުރިން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހެދުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަކަށް ދަނޑުބިމުން ކުލި ނުނެގުމަށް ނިންމާ، ކޮންމެ މަހަކު -/100 (ސަތޭކަ ރުފިޔާ)ގެ އިދާރީ ފީއެއް ނެގުމަށްވަނީ ނިންމާފައެވެ.

          ވީމާ، މިހާރު ދޫކޮށްފައިވާ ދަނޑުތަކަށް 01 ފެބްރުއަރީ 2020 ން 31 ޖަނަވަރީ 2021 ގެ ނިޔަލަށް ކޮންމެ ދަނޑަކަށް މަހަކު -/100 (ސަތޭކަ ރުފިޔާ)ގެ އިދާރީ ފީއެއް ނެގޭނެކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

27 ޖަނަވަރީ 2020