ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާއަށް ބައެއްތަކެތި ގަތުމާބެހޭ.
ތިރީގައި މިދަންނަވާތަކެތި ގަނެގެން މިއިދާރާއަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- 08 ލޯޑް ސްޕީކަރު (50 ވޯޓު) ތޯއާފަދަ ބްރޭންޑެޑް
- 02 އެމްޕްލިފަޔަރ (120 ވޯޓު) ތޯއާފަދަ ބްރޭންޑެޑް
- 02 ރޯލް ފްލެކްސިބަލް ނަރު 1.5 ގެ (ލޯޑް ގުޅުމަށް)
ވީމާ، މިތަކެތި ގަނެގެން މިއިދާރާއަށް ގެނެސްދިނުމަށް އެދިލައްވާ ފަރާތްތަކުން 30 ޖެނުއަރީ 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓް ބައްލަވައި ގަތުމަށްފަހު 03 ފެބުރުއަރީ 2020 ވަނަދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ޕްރީމިޑް މީޓިންގ 30 ޖެނުއަރީ 2020 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑު ޑޮކިއުމަންޓްގެ އަގަކީ -/30 ރުފިޔާއެވެ. ބިޑު ޑޮކިއުމަންޓް ސަރުކާރު ބަންދުނޫން ދުވަސްދުވަހު 12:00 އާއިހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑު ޑޮކިއުމަންޓް ގަތުމަށް ދައްކާ ފައިސާ އަނބުރާ ނުލިބޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
02 ޖުމާދަލްއާޚިރާ 1441
27 ޖެނުއަރީ 2020