ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް އިޚްލާސްގެ ގޯތިތެރޭގައި ވަގުތީގޮތުން އަޅާފައިވާ ކަރަންޓް ކޭބަލް ވަޅުލުމާބެހޭ
މިރަށު މަސްޖިދުލް އިޚްލާސްގެ ގޯތިތެރޭގައި ވަގުތީގޮތުން އަޅާފައިވާ ކަރަންޓް ކޭބަލްނަގައި މިއިދާރާއިންދޭ މައުލޫމާތާއެއްގޮތަށް އެކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)387/387/2020/5 (19 ޖެނުއަރީ 2020)ގެ އިއުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިއުލާން ބާތިލްކޮށްފީމެވެ. އަދި އެމަސައްކަތް -/6000 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ކޮށްދެއްވުމަށް އެދޭ ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 30 ޖެނުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 02 ފެބުރުއަރީ 2020 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
02 ޖުމާދަލްއާޚިރާ 1441
27 ޖެނުއަރީ 2020