މަސައްކަތް
ނަންބަރު: (IUL)341-ADMN/341/2020/6
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 02 ފެބުރުވަރީ 2020 11:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ނޫރު ސީލިންގްކުރުމާއި ވަޔަރިންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އުކުޅަހު މަސްޖިދުލް ނޫރު ސީލިންގްކުރުމާއި ވަޔަރިންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތްތައް ކުރުމައް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން 2020 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހު 11:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމައްފަހު 2020 ފެބްރުއަރީ 10 ހޯމަ ދުވަހުގެ 11:30 އަށް ކައުންސިލަށް ދުރުވެ އަންދާޒީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޖަނަވަރީ 2020