ކުއްޔަށް ދިނުން
ނަންބަރު: (IUL)264/PRIV/2020/3
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 30 ޖަނަވަރީ 2020 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު ބަނދަރު ސަރަހައްދުން ގާޑިޔާބެހެއްޓުމަށް ބިންދޫކުރުމާ ބެހޭ

މިރަށު ބަނދަރު ސަރަހައްދުން ގާޑިޔާ ބަހައްޓައިގެން ތަކެތިވިއްކުމަށް ބިންދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ. އެސަރަހައްދުން ދޫކުރެވޭނީ '12 × '15 ގެ ފަސް ބިމެވެ. ބިންދޫކުރެވޭނީ މީލާދީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

              ވީމާ، ބިންކުއްޔަށް ނަގަންބޭނުންވާ ފަރާތްތަކުން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ހާޟިރުވެ އަގުހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޟިރުނުވާ ފަރާތްތަކުން ހުށަހަޅާއަގު ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖަނަވަރީ 2020