ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2020/7
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 06 ފެބުރުވަރީ 2020 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (ގްރޭޑް 1)

މަޤާމް :ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސަސް

އަސާސީ މުސާރަ

-/9,000 (ނުވަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް -/230 (ދުއިސައްތަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް

-/2500 (ދެހާސް ފަސް ސަތޭކަ) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000 (އެއްހާސް) ރުފިޔާ

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ  ހާސިލްކޮށްފައި ވުމާއިއެކު މެނޭޖްމަންޓް ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މެނޭޖްމަންޓްް ދާއިރާއިން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
  2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. މުވައްޒަފުންގެ މުސާރަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލްގެ ކަންތައް ބެލެހެއްޓުން
  3. މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން
  5. މުވައްޒަފުންގެ މަގާމުގެ ރަޖިސްޓްރީ ބެލެހެއްޓުން
  6. މުވައްޒަފުންނަށް އެކިއެކި ކަންކަމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ދޫކުރުން
  7. ހިއުމަން ރިސޯސް ޔުނިޓްގައި ހަދަންޖެހޭ އެކިއެކި ރިޕޯޓްތައް ހެދުން
  8. ސެކްޝަންގެ ޔައުމިއްޔާ ބެލެހެއްޓުން
  9. އަލަށް އޮފީހަށް ލައްވާ މުވައްޒަފުން ލެއްވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  10. އަލަށް އޮފީހަށް ލައްވާ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ހިންގުން
  11. އޮފީހުގެ މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އޮންނަ ތަމްރީން ޕްރޮގްރާމްތަކުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  12. މާލޭގައި ބާއްވާ ތަމްރީން ޕްރޮގްރާމްތައް އިންތިޒާމްކޮށް، ތަމްރީން ޕްރޮގްރާމްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  13. އޮފީހުގެ މުވައްޒަފުންނަށް ޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާރުކޮށް ބެލެހެއްޓުން
  14. ކޮންމެ އަހަރަކު ޓްރެއިނިންގ ބަޖެޓް ތައްޔާރުކުރުން
  15. ހިއުމަން ރިސޯސް ޔުނިޓްގެ މަސައްކަތްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ އެކިއެކި މަސައްކަތްކުރުން.
  16. ހިއުމަން ރިސޯސް ޔުނިޓް ހިންގުމުގައި މެނޭޖަރަށް އެހީވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
  4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ).
  5. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.(މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް އަދި ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ 12 ފެބުރުއަރީ 2020 އާ 20 ފެބުރުއަރީ 2020 ދެމެދު އޮޑިޓަރ ޖެނެރަލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އެސެސްމެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް އީމެއިލްގެ ޒަރީޔާއިންވެސް ކުރެވޭނެއެވެ.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  2. ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  3. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  4. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

6 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ،  [email protected]  އެވެ.    

26 ޖަނަވަރީ 2020