ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2020/108
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 30 ޖަނަވަރީ 2020 13:45
ސިވިލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

  • މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
  • ރޭންކް: GS3  
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ރަޖިސްޓްރަރ ސެކްޝަން، ސިވިލް ކޯޓު/މާލެ
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އަސާސީ ޝަރުތު:

1. ސާނަވީ ނުވަތު އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަންވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،  އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަންވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

  • ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
  1. ކޯޓަށް ހުށަހެޅޭ ދަޢުވާ ފޯމުތައް ޗެކްކޮށް ކުރިން އެމައްސަލައާއި ގުޅުންހުރި މައްސަލަތަކަކީ ކޮބައިތޯ ހުށަހަޅާއިން ބަލައި ޗެކްކުރުން.
  2. މައްސަލަތަކަށް ދެވޭ ޖަވާބުތަކާއި، އިޞްލާޙުތައް ތައްޔާރުކުރުން.
  3. ރަޖިސްޓްރަރ ދެއްވާ ރިމާރކްސްއާއި، އިޞްލާޙުތަކާއި، ޖަވާބުތައް މައްސަލަ ހުށަހަޅާ ފަރާތްތަކަތަށް ފޯރުކޮށްދިނުން.
  4. ލިޔުމުން ދެވޭ ޖަވާބުތަކާއި، ލިޔުމުން އިޞްލާޙުކުރުމަށް އަންގާ މައްސަލަތައް ފައިލްކުރުން.
  5. އިޞްލާޙު ގެންނަޖެހޭ ފޯމުތައް، އިޞްލާޙު ގެނެއުމުން ރަޖިސްޓްރީކުރުން.
  6. ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި ރަޖިސްޓްރީނުކުރެވޭ މައްސަލަތަކުގެ ސްޓޭޓަސް އެނގޭގޮތަށް އެކްސެލް ޝީޓެއް ބެލެހެއްޓުން.
  7. ކޮންމެ މަހެއްގައިވެސް ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި ރަޖިސްޓްރީނުކުރެވޭ މައްސަލަތަކާއި އަދި ލިޔުމުން ޖަވާބުދެވޭ މައްސަލަތައް އެކްސެލް ޝީޓެއްގައި ބެލެހެއްޓުމާއި، ފައިލްކުރުން.
  8. ރަޖިސްޓްރަރ ސެކްޝަނާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

 

ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 13:45ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
  • މިއިޢުލާނާއި ގުޅޭ ފޯމުތައް ބަލައިގަންނާނީ ސިވިލް ކޯޓުގެ ކައުންޓަރުންނެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

01 ޖުމާދަލްއާޚިރު 1441

26 ޖަނަވަރީ 2020

26 ޖަނަވަރީ 2020