ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/11
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 30 ޖަނަވަރީ 2020 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން ބިންދޫކުރުން

ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން ބިންދޫކުރުން

މިކައުންސިލްގެ 2020 ވަނަ އަހަރުގެ 3 ވަނަ އާންމުބައްދަލުވުމުން މިރަށު ވަލުތެރެއިން ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމަވާފައެވެ.

މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައްދައްކުވައިދޭ ޗާޓް އަދި ބިން ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލް މިއިއުލާނާއެކު އާންކުރެވިފައިއެވަނީއެވެ.

އެއްފަރާތަކަށް އެއްބިމަށްވުރެ ގިނަ ބިމަށް ބިޑްހުށަހެޅިދާނެއެވެ. ނަމަވެސް އެއްބިމަށް އެއްފަރާތަކަށް ހުށަހެޅޭނީ 1 ބިޑެވެ.

ބިޑްހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑުގެ ކޮޕީއަކާއި އެކު ފޮނުވުމަށް ދަންނަވަމެވެ. އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުން އައިޑީ ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މިބިންތައް ކައުޔަށް ހިއްޕެވުމަށް އެދިލައްވާ ފަރާތްތަކުން ބިން ކުއްޔަށް ހިއްޕެވުމަށް ހުށަހަޅުއްވާ އަގު ބަޔާންކޮށް ސިޓީ ހިއްޕަވައިގެން 30 ޖެނުއަރީ 2020 ވާ ބުރާސްފަތިތަދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމް، ކުރަހާގެ އަށް ވަޑައިގެންދެއްވުންއެދި ދައުވަތު އަރުމަމެވެ. ބިން ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ސިޓީގައި ތިރީގައިވާ މައުލޫމާތު ހިމެނުއްވުމަށް ދަންނަވަމެވެ.

  1. ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަން
  2. ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑު ނަންބަރު
  3. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ޕްލޮޓް ނަންބަރު
  4. މީލާދީ މަހަކަށް ހުށަހަޅުއްވާ ކުލި

 ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

26 ޖަނަވަރީ 2020