ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-MCEP/438/2020/22
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 02 ފެބުރުވަރީ 2020 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ތިމާވެށި 2" ލޯންޗުގެ މައިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް – ތިންވަނަ އިޢުލާން

އިޢުލާން

 

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

"ތިމާވެށި 2" ލޯންޗުގެ މައިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް  – ތިންވަނަ އިޢުލާން

 

ނަމްބަރު: (IUL)438-MCEP/438/2020/22                                      ތާރީޚް: 26 ޖަނަވަރީ 2020

 

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.އީ. ސީ. ޕީ) ދަށުން "ތިމާވެށި 2" ސްޕީޑްބޯޓް  މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-MCEP/438/2020/16 އިޢުލާނުގެ "ޓާރމްސް އޮފް ރިފަރެންސް" އަށް ބަދަލު ގެނެވިފައިވާތީވެ، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަލުން އަރުވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

މި މަސައކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "ޓަރމްސް އޮފް ރެފެރެނެސް" ގެޒެޓުގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 2020 ޖަނަވަރީ 30 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

އަގު ހުށަހެޅުން އޮންނާނީ 2020ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

ވީމާ، މަތީގައި ދެންނެވިފައިވާ ފެރީ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020ފެބްރުއަރީ 02 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ގުޅޭނެ ނަންބަރ: 3018451

އީމެއިލް:  [email protected]

26 ޖަނަވަރީ 2020