ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2020/15
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 09 ފެބުރުވަރީ 2020 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:15/IUL)25-A5/25/2020)   

އިޢުލާނު

 

މަޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ: 6,295.00 ރ.

ސަރވިސް އެލަވަންސް: 2,000.00 ރ.       

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-317999

- އެހެނިހެން އެލަވަންސް:  ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

- ސަޕޯޓިންގ ކޯ 2 : 900.00 ރ.

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ކޯ ޑިސިޕްލިންތަކަކީ ޑިޕްލޮމެސީ، ފޮރިން ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސްއެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު: 1

ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލެ

ޑިވިޜަން/ ސެކްޝަން: އިންޓަރނޭޝަނަލް

އޯގަނައިޒޭޝަން ސެކްޝަން

މަޤާމުގެ

މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. އދ. ފިޔަވައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ބަދަހިކުރުމަށް ގެންގުޅޭ ސިޔާސަތު ބައްޓަންކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވުން
  2. އދ.ފިޔަވައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި އެހެނިހެން އިއްޒަތްތެރިން ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުން، އަދި ފޮލޮއަޕްގެ މަސައްކަތްކުރުން. (ކޮމަންވެލްތު، ކޮމަންވެލްތާ ގުޅޭ ޖަމްޢިއްޔާތައް، އޯ.އައި.ސީ.، ނާމް، ޖީ.77)
  3. އދ.ފިޔަވައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލްކުރުމުގެ މަސައްކަތް ވިލަރެސްކުރުން. އެގޮތުން އެ ބައްދަލުވުންތަކުގައި ނަގާނެ މައްސަލަތަކާ ގުޅޭ ޕޮޒިޝަން ތައްޔާރުކުރުމާއި، އިންތިޚާބުތަކުގައި ވޯޓުލާނެ ގޮތް ނިންމުން ހިމެނޭ.
  4. އދ.ފިޔަވައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކަނޑައަޅާފައިވާ އިދާރާތަކާއެކު މަސައްކަތްތައްކުރުން
  5. ދައުލަތުގެ އިސްވެރިން ބޭރުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު، މި މައްސަލަތަކާ ގުޅޭގޮތުން ބްރީފް ޕޭޕަރަށާއި މައުލޫމާތު ކަރުދާހަށާއި ޓޯކިންގް ޕޮއިންޓްސްއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން
  6. މި މައްސަލަތަކާ ގުޅޭ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން
  7. ސެކްޝަންގެ މަސައްކަތާގުޅިގެން ބައިވެރިވާންޖެހޭ ބައްދަލުވުންތަކުގައި  ބައިވެރިވެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް

 

އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ، ޑިޕްލޮމަސީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.  

 8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

  (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީން %40

- މަސައްކަތުގެ ތަޖުރިބާ  %15

- އިމްތިހާން (ސިވިލްސަރވިސސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5

- ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން) %40

- ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %45

މަޤަމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ފެބްރުއަރީ 2020 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 16 ފެބްރުއަރީ 2020 އާއި 5 މާރިޗު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323400 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

           

‏23‏ ޖަނަވަރީ‏ 2020

‏28‏-ޖުމާދަލްއޫލާ‏-1441

 

23 ޖަނަވަރީ 2020