ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)262/262/2020/5
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 29 ޖަނަވަރީ 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކުނިކޮށްޓަށް މުވައްޒިފުން ހޯދުމާ ބެހޭ

ނަންބަރު: (IUL)262/262/2020/5

އިޢުލާން

           

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްއެވެ.

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

_

ބޭނުންވާ ޢަދަދު:

2 (ދެއެއް)

މަޤާމުގެ ގިންތި:

ވަގުތީ ( 1 އަހަރު   )

ސެކްޝަން:

_

މަޤާމު އޮތް އޮފީސް:

ހދ.ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުނި ކޮށީގައި ( ވަގުތީ ކުނި ކޮށި )

މަސްކަތް ކުރަންޖެހޭ ގަޑި:

ހެނދުނު 7:00 އިން 11:00އަށް އަދި މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް

މުސާރަ:

މަހަކު 5000/- ރ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުނިކޮށިގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރުން.
  2. ގޭގެއިން ކުނިކޮށްޓަށް ގެންނަ ކުނީގެ ބާވަތްތައް ވަކިކޮށް އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ބަޔަށް ކުނިތައް އެޅުން.
  3. ކުނީގެ ބާވަތްތައް ވަކިނުކޮށް ކުނިކޮށްޓަށް ކުނި ގެންނަފަރާތްތައް ފާހަގަކޮށް އެފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުން.
  4. އެންދޭ ބާވަތުގެ ކުނި ވަކިކޮށް ކުނި އެންދުމަށް ޚާއްޞަކޮށްފައިވާ ބައިގައި ކުނި އެންދުން. (އާކުނިކޮށިހުޅުވުމުން ކާދުހެދުމުގެ މަސައްކަތްކުރުން )
  5. ކުނިކޮށީގެ އެންމެހައި މަސައްކަތް ކައުންސިލުގެ ލަފާގެ މަތިން ކުރުން.
  6. ބަނދަރުމަތީގައި ބަހައްޓާފައިހުންނަ ޑަސްބިން ކުނިކޮށްޓަށް ގެންދިއުމާ ޑަސްބިންސާފުކުރުމަށްފަހު ބަނދަރަށް ގެންދިއުން.
  7. މިނޫންވެސް ކުނިކޮށްޓާއި ގުޅުން ހުރި މަސައްކަތް ކައުންސިލުގެ ލަފާގެމަތިން ކުރުން

މަޤާމުގެ ޝަރުތުތައް:

  1. އުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ސަލާމަތުންހުރި،  ލިޔަން ކިޔަން އެނގޭ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ރީތިކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖެނުއަރީ 2020 ވާ ބުދަ  ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ މި ކައުންސިލު އިދާރާ ގައެވެ. އިންޓަވިއުއަށް ޙާޟިރުވުމަށް، ފޯމު ހުށަހެޅި ފަރާތްތަކަށް ފޯނުން ގުޅާނެ އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520045 ނަންބަރަށެވެ.

 

       

 

     

 

                                27 ޖުމާދަލް އޫލާ 1441

22   ޖަނަވަރީ  2020

22 ޖަނަވަރީ 2020