މަސައްކަތް
ނަންބަރު: (IUL)GS36/2020/002
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 03 ފެބުރުވަރީ 2020 13:00
ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

`

 

ކ.އަތޮޅު މަދަރުސާ

 

     ކ.ކާށިދޫ،

   ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ(IUL)GS36/2020/002 :

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މަސައްކަތާއި ހަވާލުވާ ދުވަހުން ފެށިގެން 2020 ޑިސެމްބަރު 31 އާއި ހަމައަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖެނުއަރީ 26 އިން 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މަދަރުސާގެ އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖެނުއަރީ 28 ވާ އަންގާރަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަދަރުސާގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2020 ފެބުރުއަރީ 03 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމަދަރުސާގެ އިދާރާގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ކ.އަތޮޅު މަދަރުސާ

ހަވީރީ ހިނގުން، ކ.ކާށިދޫ، ދިވެހިރާއްޖެ.

ފޯން:   6640036

 

 

 

28 ޖުމާދަލްއޫލާ 1441

23 ޖެނުއަރީ 2020

23 ޖަނަވަރީ 2020