ދިވެހިރާއްޖެ
އިޢުލާނު
ޤާނޫނު ނަމްބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު، ކައުންސިލުން އެކުލަވާލައި 4 އޮގަސްޓް 2014 ގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޤާނޫނީ ބާރު ލިބިފައިވާ، މި ދަންނަވާ 2 ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުން އެކުލަވާލި 2 އުޞޫލުގެ ދެލިކޮޕީ މި އިޢުލާނާއެކު ޢާއްމުކުރަމެވެ.
1. ނަމްބަރު: 2014/R-93 "ރަށުގައި ޖަނަވާރާއި ދޫނި ސޫފާސޫފި ގެންގުޅުމާބެހޭ ޤަވާޢިދު" ނަގަހައްޓައި ހިންގުމަށްޓަކައި، އެ ޤަވާޢިދުގެ 14 (ސާދަ) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލި އުޞޫލު.
2. ނަމްބަރު: 2014/R-96 "ލައުޑްސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު" ގެ 8 (އަށެއް) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލު.
ވީމާ، މި 2 އުޞޫލަށް އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން 2020 ފެބުރުވަރީ 11 ވަނަ ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ލިއުމުން އިޞްލާޙު ހުށަހެޅުއްވުން އެދެމެވެ.
28 ޖުމާދަލްއޫލާ 1441
23 ޖަނަވަރީ 2020