ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2020/03
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 30 ޖަނަވަރީ 2020 11:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރެއް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް

އޮޑިޓަރެއް ހޯދުން

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ބޭނުމަށް 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކޮށްފައިވާ އެންމެހާ މާލީ ކަންކަމުގެ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.

23 ޖަނަވަރީ 2020