ދިވެހިރާއްޖެ
2020 ވަނަ އަހަރު މަދަރުސާ ތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިދާ ކުރަނިވި ގޮތަކަށް ސްކޫލް ވޮކޭޝަނަލް ޕްރޮގްރާމް ބައްޓަން ކޮށް ހިންގަން ބޭނުން ވެއްޖެއެވެ. އެހެންކަމުން މަތީގައި ދެންނެވި މަޤްޞަދު ޙާޞިލް ވާނޭހެން ސްކޫލް ވޮކޭޝަނަލް ޕްރޮގްރާމް ހިންގުމުގެ ކޮންސެޕްޓެއް ތައްޔާރުކޮށް، އެފަދަ ޕްރޮގްރާމެއްގެ މުޤައްރަރު ފަރުމާކޮށްދިނުމާއި ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ފަންނީ ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު(IUL)451-FP/1/2020/1 އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިއުލާން ބާތިލްކުރުމަށްފަހު 3ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.
މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ޖަނަވަރީ 26 ން ފެށިގެން ޖަނަވަރީ 30 ށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ފެބުރުވަރީ 6 ވަނަ ދުވަހު 10:00ގައި ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން:3023513
އީ.މެއިލް [email protected]
އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 ނަމްބަރ ފޯނަށެވެ.