މަސައްކަތް
ނަންބަރު: (IUL)305-ME305/305/2020/9
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 26 ޖަނަވަރީ 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުގެ ވޯކްވޭތަކާއި ޕްލޭ އޭރިޔާގެ މަސައްކަތް ކުރުނ

އިޢުލާން

ޕްރީސްކޫލުގެ ވޯކްވޭތަކާއި ޕްލޭ އޭރިޔާގެ މަސައްކަތް ކުރުން

މި އިދާރާގެ ނަންބަރު: (IUL)305/305/2020/2 (08 ޖަނަވަރީ 2020) ގައި ކޮށްފައިވާ ޢިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފާ ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާކުރަތު ޕްރީ ސްކޫލުގެ ވޯކުވޭތަކާއި ޕްލޭ އޭރިޔާތަކުގެ ގާފޮޅުތައް ރޭނުމާއި، އިށިއިންނަ ގޮޑިތައް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ޖެނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  26 ޖުމާދަލް އޫލާ 1441

21 ޖަނަވަރީ 2020