މަސައްކަތް
ނަންބަރު: (IUL)KH-CAAD/KH/2020/1
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 29 ޖަނަވަރީ 2020 13:00
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ކުޑަކުދިންގެހިޔާގައި ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ކުޑަކުދިންގެހިޔާގައި ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 ގައި، ވިލިމާލެ،ކުޑަކުދިންގެހިޔާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ވިލިމާލެ، ކުޑަކުދިންގެހިޔާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް، ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027640 އާއި ގުޅުއްވުން އެދެމެވެ.  

22 ޖަނަވަރީ 2020