ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2020/2
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 29 ޖަނަވަރީ 2020 13:15
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށްޓަކައި ވިޔަފާރި ދަނޑުބިން ދޫކުރުން

ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވިޔަފާރި ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މިބިންތައް ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން މަޢްލޫމާތު ދިނުން އޮންނާނީ 29 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 1:15 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 1:15 ގައި މިއިދާރާގައެވެ. މި ބިންތަކަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން ކްލަބު ޖަމާޢަތްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތި ލެވޭނެއެވެ.

 

  • ވިޔަފާރި ދަނޑު ބިމެއްގެ ބޮޑުމިނަކީ  10،000 (ދިހަހާސް) އަކަފޫޓް.
  • ދަނޑުބިން ދޫކުރެވޭނީ 05 އަހަރު ދުވަހުގެ މުއްދަތަށް.
  • މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 05 ލާރިއެވެ. އަދި ބިން ލިބޭނީ އެންމެ މަތިން އަގު ހުށަހަޅާފައިވާ ފަރާތަކަށް.
  • މި ބިންތަކުގައި މަސައްކަތް ފެށުމަށްޓަކައި ހިއްވަރު ދިނުމުގެ ގޮތުން ފުރަތަމަ 03 (ތިނެއް) މަހުގައި ކުލި ދައްކަން ނުޖެހޭނެ.
  • އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަކުން އަކަފޫޓަކަށް އެންމެ މަތިން ހުށަހަޅާފައިވާ އަގު އެއްވަރުވާނަމަ، އަގު އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރާ ފަރާތް ކަނޑައަޅާނީ އަގު އެއްވަރުވާ ފަރާތްތަކުގެ މެދުގައި ބީލަން އަލުން ހުށަހެޅުމަށް ފުރުސަތުދީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް.

މަޢްލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނަންވާނެއެވެ. މަޢްލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ޙާޒިރުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ގެންނަންވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢްލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

02 ޖަނަވަރީ 2020