މަސައްކަތް
ނަންބަރު: (IUL)241-B/241/2020/7
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 30 ޖަނަވަރީ 2020 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދާންދޫ ބަނދަރުގެ ހުޅަނގު ދެކުނު ފަރާތުން ބޭރު ޖެޓީއާއި ގުޅުވައިގެން ޤާއިމުކުރާ ފާލަމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރ: (IUL)241-B/241/2020/7

 

 

             އިއުލާން

 

ދާންދޫ، ބަނދަރުގެ ހުޅަނގު ދެކުނު ފަރާތުން ބޭރު ޖެޓީއާއި ގުޅުވައިގެން ޤާއިމް ކުރާ ފާލަމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                    

                     ގއ. ދާންދޫ ބަދަނރުގެ ހުޅަނގު ދެކުނުފަރާތުން ބޭރު ޖެޓީއާއި ގުޅުވައިގެން ގާއިމްކުރާ ފާލަމުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)241-B/241/2019/28 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ކުރިމަތިލާފައިނުވާތީ އެ އިއުލާން ކެންސަލްކޮށް މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                     ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 25 ޖެނުއަރީ 2020 އިން  ފެށިން 30 ޖެނުއަރީ 2020 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ދާންދޫ ކައުންސިލްގެ އިދާރާއިންނެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

 

ޕްރީބިޑް މީޓިންގ

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ދާންދޫ ކައުންސިލްގެ އިދާރާ

 

07 ފެބްރުއަރީ 2020

 

ހޯމަ

 

13.00

ބިޑް ހުށަހެޅުން

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ދާންދޫ ކައުންސިލްގެ އިދާރާ

 

16 ފެބްރުއަރީ 2020

 

ބްރާސްފަތި

 

13.00

 

                   މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

                   މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                   27 ޖުމާދަލްއޫލާ  1441 ހ.

                   21 ޖެނުއަރީ    2020 މ.   

21 ޖަނަވަރީ 2020