ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2020/4
އިއުލާން
ގއ. މާމެންދޫގައި ހަދަންހަމަޖެހިފައިވާ ބެލެނިވެރިންގެހިޔާ ޕްރޮޖެކްޓަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ގއ. މާމެންދޫ ކައުންސިލާއި ގއ. އަތޮޅު ކައުންސިލް ގުޅިގެން ގއ. މާމެންދޫގައި އަޅަން ހަމަޖެހިފައިވާ ބެލެނިވެރިންގެ ހިޔާ އަމިއްލަތަކެތީގައި އަޅައިދޭނެ ފަރާތެއްހޯދުމަށް ކުރެވުނު (IUL)241-B/241/2019/30
އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބް ހުށަހަޅާފައިނުވާތީ މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 24 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިން 30 ޖެނުއަރީ 2020 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. މާމެންދޫ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ.މާމެންދޫ ކައުންސިލްގެ އިދާރާ |
05 ފެބްރުއަރީ 2020 |
ބުދަ |
13.00 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. މާމެންދޫ ކައުންސިލްގެ އިދާރާ |
12 ފެބްރުއަރީ 2020 |
ބުދަ |
13.00 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
27 ޖުމާދަލްއޫލާ 1441 ހ
21 ޖެނުއަރީ 2020 މ