ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ Secretariat of the Holhudhoo Council
ހޮޅުދޫ - ދިވެހިރާއްޖެ Holhudhoo – Rep of Maldives
ނަމްބަރ: IUL)295-B/2020/04)
އިޢުލާން
ނ.ހޮޅުދޫ މަސްޖިދުލް އިޚްލާޞްއަށް މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- 06 އެއަރކޯން ވޯލްމައުންޓް 24000 ބީޓީޔޫ އިންވާޓަރ
- 06 އޭސީ ބްރެކެޓް
- 60 ފޫޓް އޭސީހޮޅި (10 ފޫޓުން 10 ފޫޓުން)
ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިކަން ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގެ ތެރޭގައި މިއިދާރާގެ ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ: 6560009 ފޯނާއެވެ.
- އެސްޓިމޭޓްތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މެއިލް އެޑްރެހަކީ [email protected] އެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓް ހުށަހަޅުއްވާއިރު، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
22 ޖެނުއަރީ 2020