ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2020/04
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 29 ޖަނަވަރީ 2020 16:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެކޭނިކް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ މެކޭނިކް

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ އައިސްޕްލާންޓް ( ގދ ފިޔޯރީ ނުވަތަ ގދ ފަރެސްމާތޮޑާ އައިސްޕްލާންޓް)

އަސާސީ މުސާރަ:

5,900   ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. ގދ ފަރެސްމާތޮޑާ ނުވަތަ ގދ ފިޔޯރީ އައިސްޕްލާންޓް ހިންގައި ބެލެހެއްޓުމާއި، އިލެކްޓްރިކަލް އަދި ރެފްރިޖަރޭޝަން މައްސަލަތައް ޙައްލުކުރަންއެނގުމާއި، މެނޭޖްކުރުމުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ މަޤާމާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާލިބިފައިވުން އަދި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  2. އައިސްޕްލާންޓް ގާއިމް ކޮށްފައިވާ ރަށުގައި ދިރިއުޅޭ މީހަކަށް އިސްކަންދެވޭނެއެވެ. 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ގދ ފަރެސްމާތޮޑާ ނުވަތަ ގދ ފިޔޯރީ އައިސްޕްލާންޓްގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ލިޔެކިޔުން ބެލެހެއްޓުމާއި، އައިސްޕްލާންޓްއަށް ލިބޭ ފައިސާ ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

 

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-   އިންޓަރވިއު -------------%50

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-  ވަޒީފާއަށް އެދި ހުށަހަޅުއްވާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕލެކްސްެގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3023344 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

-  29 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023344 ފޯނަށް ގުޅުއްވުން އެދެމެވެ.

                                22 ޖެނުއަރީ 2020 

22 ޖަނަވަރީ 2020