ދިވެހިރާއްޖެ
:(IUL)MHCL-P/1/2020/1ނަންބަރު
އިޢުލާން
މިކޯޕަރޭޝަންގެ އޮފީހުގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ ކުއްޔަށް ދިނުމާ ބެހޭ
މިކޯޕަރޭޝަންގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ، ކުރިއަށް އޮތް 5 (ފަހެއް) އަރަހު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް، މި އޮފީސް ޖާގަ ކުއްޔަށް ހިފުމަށް ޝައުޢުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ތަފްޞީލް
ނަން: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ، ކުރިއަށް އޮތް 5 (ފަހެއް) އަރަހު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުން
ފެށޭ ކުލި: -/35،000 (ތިރީސް ފަސްހާސް ރުފިޔާ)
އެޑްވާންސް: 3 (ތިނެއް) މަސްދުވަހުގެ ކުލި
ތަނުގެ ބޮޑުމިން: 1،073 އަކަފޫޓު
ހުންނަ ތަން: މ. ފުރަންކަރަ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، 20320، ދިވެހިރާއްޖެ.
ކުއްޔަށް ދޫކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް:
# |
ކެޓަގަރީ |
ޕަސަންޓޭޖް |
ތަފުޞީލް |
1 |
ހުށަހަޅާ އަގު |
%80 |
އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް ޖުމްލަ މާރކްސް ލިބޭ ގޮތަށް ޕްރޮރާޓާ އުޞޫލުން ދެން ހުރި ފަރާތްތަކަށް މާރކްސް ދެވިގެން ދާނެއެވެ. |
2 |
މާލީ ޙާލަތު |
%20 |
ކުންފުންޏެއްނަމަ، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް، އަދި އަމިއްލަ ފަރުދެއް ނަމަ ފާއިތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް |
ސުންގަޑި:
މަތީގައިވާ އޮފީސް ޖާގަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު އެއްގަޑި ސުންމިނެޓްގެ ކުރިން (13:00) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި، ނަންނޯޓްކޮށް، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ކުއްޔަށް ހިފުމަށް ޝައިޤުވެރިކަން ފާޅުކުރާ ފޯމް
- ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރޭޝަންގެ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު
- މާލީ ޙާލަތު އަންގައިދޭ ލިޔެކިޔުންތައް
ނޯޓް: ނަންނޯޓް ކުރުމުގެ ކުރިން، އޮފީސް ޖާގަ ބެއްލެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން 27 ޖަނަވަރީ 2020 ވަނަ ދުވަހުގެ މެންދުރުފަހު 01:00 ން 03:00 އަށް، މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގަތުމުން، ކުއްޔަށް ދޫކުރާ ޖާގަ ބެލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި ދެންނެވީމެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އެޑްރެސް: |
މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ 20320، ދިވެހިރާއްޖެ |
ފޯނު ނަންބަރު: |
+960 3011000 |
މުޢާމަލާތު ކުރަންޖެހޭ ފަރާތް: |
އާއިޝަތު ގާހިރު |
އީ-މެއިލް: |
މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯއްދެވިދާނެއެވެ.
19 ޖަނަވަރީ 2020