ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2014/312
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 16:55
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަލޮޅު އުތުރު ދާއިރާގެ ރަސްމީ ނަތީޖާ

އިޢުލާން

18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި، 2014 މާރިޗު 22 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަލޮޅު އުތުރު ދާއިރާގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.

އިންސައްތަ

ލިބުނުވޯޓު

ޙައިޘިއްޔަތު

ކެންޑިޑޭޓުގެ ނަމާއި އެޑްރެސް         

ކެންޑިޑޭޓްނަންބަރު

61.97

1183

އެމް.ޑީ.ޕީ

އީވާ ޢަބްދުﷲ، ގ. ދޭލިޔާވިލާ، މާލެ

1

35.99

687

ޕީ.ޕީ.އެމް

މަހީލު ޢަލީ ޖަލީލް، ހ. ނަވާގަން،   މާލެ

2

2.04

39

އަމިއްލަގޮތުން

މުޙައްމަދު ޒާލިފް، ގ. ގްރީންޕާރލް، މާލެ

3

 

1909

ޞައްޙަ ވޯޓު

23

ބާޠިލް ވޯޓު

1932

ޖުމްލަ ވޯޓު

 

3392

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

 

1932

ވޯޓުލީ މީހުންގެ ޢަދަދު

 

56.96

ވޯޓުލީ މީހުންގެ އިންސައްތަ

ވީމާ، މި އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި، ގ. ދޭލިޔާވިލާ، އީވާ ޢަބްދުﷲ އިންތިޚާބުވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

27 ޖުމާދަލްއޫލާ 1435

28 މާރިޗު 2014