ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-216/GS-216/2020/12
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 18:26
ސުންގަޑި: 30 ޖަނަވަރީ 2020 14:00
ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

މަޤާމް:

ސްޕެޝަލައިޒޭޝަން

ބޭނުންވާ ޢަދަދު

މަޤާމުގެ ނަންބަރ

 ސެން ޓީޗަރ

 ސްޕެޝަލް އެޑިއުކޭޝަން

2

 

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 11-2 އިން ސީ.އެސް 15-5

މަޤާމުގެ ކްލެސިފިކޭޝަން:

ސްކޫލް ޓީޗަރސް

ސެކްޝަން:

އެކަޑަމިކް

މަޤާމް އޮތް އޮފީސް:

 ތިނަދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިނަދޫ ސްކޫލް

މުސާރަ:

-/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދު      

ސަރވިސް އެލަވަންސް:

-/2500 ރުފިޔާ

 އެހެނިހެން އެލަވަންސް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

04. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް އޮތުން

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޙަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދެއްވުން.
  2. ރަސްމީ އަދި ނުރަސްމީ ގޮތްގޮތުން ދަރިވަރުންގެ ފެނަވަރުބަލައި، އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ދެނެގަނެ އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޢާންމު މަޢުލޫމާތުތަކާއި، ފަސްމަންޒަރު ދިރާސާކޮށް، އެއިން ކޮންމެ ދަރިވަރަކަށް ވަކިވަކި އަމާޒުތަކާއި ލަނޑުދަނޑިތައް ކަނޑައެޅުން.
  4. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ޢާންމު ކްލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާ މަޝްވަރާއާއެކު، އެ ދަރިވަރުންނަށް ބޭނުންވާ ތަޢުލީމީ، އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ލަނޑުދަނޑިތައް ކަނޑައެޅުން. 
  5. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ދެނެގަނެ އެއިން ކޮންމެ ދަރިވަރަކަށް، ވަކިވަކިން 'އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން' (އައި.އީ.ޕީ) ތައްޔާރުކުރުން.
  6. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިނުމުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ، ކިޔަވައިދިނުމުގެ ގޮތްތައް (ޓީޗިންގ ސްޓްރެޓަޖީ) ފަރުމާކޮށް، ބޭނުންކުރުން.
  7. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިނުމަށް ބޭނުންކުރާ އެހީ (ޓީޗިން މެޓީރިއަލްސް) އަދި ލެސަން ޕްލޭން، ކޮންމެ ދަރިވަރެއްގެ 'އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން' (އައި.އީ.ޕީ) އަށް ބަލައިގެން ތައްޔާރުކުރުން.
  8. ދަރިވަރުންގެ 'އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން' (އައި.އީ.ޕީ)އަށް ގެންނަންޖެހޭ ބަދަލުތައް، އެ ދަރިވަރުންގެ ބެލެނިވެރިންނާއި، ކިޔަވައިދެއްވާ އެހެން މުދައްރިސުންނާއި ލީޑިންގ ޓީޗަރުންގެ އިތުރުން ޕްރިންސިލާއެކު މަޝްވަރާކޮށް، ގެނައުން.
  9. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިނުމަށް އެންމެ އެކަށީގެންވާ ގޮތްތައް (ޓީޗިންގ މެތަޑްތައް) ބޭނުންކުރުމާއެކު އެ ދަރިވަރުންނަށް އުންގަނައިދިނުމަށް ބޭނުންކުރާ މާޙައުލަކީ އެ ދަރިވަރުންގެ ވަކިވަކި ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ 'ލީސްޓް ރެސްޓްރިކްޓިވް އެންވަޔަރަންމެންޓް' (އެލް.އާރު.އީ)އެއްކަން ކަށަވަރުކުރުން. 
  10. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ، އުނގެނުން މޮނިޓަރކޮށް، ވަޒަން (އިވެލުއޭޓް)ކުރުމަށާއި ޑޮކިއުމެންޓް ކުރުމަށް، އެންމެ އެކަށީގެންވާ މިންގަނޑުތަކާއި ވަސީލަތްތައް ބޭނުންކޮށް، ދަރިވަރުންގެ ކުރިއެރުން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުން.
  11. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޕްރޮގްރެސް ރިޕޯޓް، މަދުވެގެން ޓާމަކު 2 ފަހަރު ތައްޔާރުކޮށް ބެލެނިވެރިޔާ، ލީޑީންގ ޓީޗަރ އަދި ޕްރިންސިޕަލާ ޙިއްސާކުރުން.  
  12. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތަޢުލީމީ، އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭނުންކުރާނެ އުކުޅުތަކާއި ފަލްސަފާތައް ރާވައި، އެ ކަންކަން ތަންފީޒްކުރުން.  
  13. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އައި.އީ.ޕީ އަދި އެހެނިހެން ޚިދުމަތްތައް، ސްކޫލުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފާއާއި އިރުޝާދާއެކު ތަންފީޒުކުރުން.
  14. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، ޚާއްޞަކުރެވިފައި ހުންނަ ތަޢުލީމީ އެކިއެކި ޕްރޮގްރާމްތަކާއި މުޤައްރަރުތައް، ތިނަދޫ ސްކޫލުގެ ދަރިވަރުންނަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ބަދަލުކޮށް، ތަންފީޒު ކުރުން.
  15. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނާއެކު ގާތް ގުޅުމެއް ޤާއިމްކޮށް، އެ ދަރިވަރުންނަށް ލިބެމުންދާ ކުރިއެރުންތަކުގެ މަޢުލޫމާތު، އެ ބެލެނިވެރިންނަށް ޤަވާޢިދުން ފޯރުކޮށްދެވޭނެފަދަ ނިޒާމެއް ސްކޫލުގައި ޤާއިމްކޮށް އެކަން ތަންފީޒުކުރުން.
  16. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތަޢުލީމީ، އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް، ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް އޮޅުންފިލުވައިދީ އެ ކަމުގައި ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  17. ދަރިވަރުންގެ އުޅުމާއި އަޚްލާޤް ރަގަޅަށް މޮނީޓަރކޮށް ބަލައި އެދަރިވަރުންގެ ކިބައިން ފެންނަ އަޚްލާޤީ މައްސަލަތަކުގެ ސަބަބު ހޯދައި، އެފަދަ މައްސަލަތަކާ އެންމެ އެކަށީގެންވާ އިޞްލާޙީ ފިޔަވަޅުތައް އެޅުން.  އަދި ބޭނުންވެއްޖެ ޙާލަތެއްގައި 'ބިހޭވިއަރަލް އިންޓަރވެންޝަން ޕްލޭން' (BIPs) ހެދުން. 
  18. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން، ރަސްމީ ކްލާސްތަކަށާއި 'އިންކްލޫޝަނަށް' ތައްޔާރުކޮށްދިނުން.
  19. އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް، އުނގަންނައިދިމުށް އަންމުންދާ ބަދަލުތަކަށް އަހުލުވެރިވެރިވެ، ފަންނީ ޤާބިލްކަން އަދާހަމަކުރުމަށް މަސައްކަތްކުރުން. 
  20. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތައް ކަމުގައިވާ ޔުނީފޯމް ހަރަކާތް ، ކްލަބް ، އީއެލްއޭ އަދި ޔަންގް ޝެކްސްޕިއަރގެ ޙަރަކާތްތައްހިންގެވުމުގައި ފުރިހަމަޔަށް ބައިވެރިވެލެއްވުން . އަދިއެފަދަ ޙަރަކާތްތަކުގައި ގަޑިއަށް ސަމާލުކަންދެއްވުން.
  21. ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކް ކުރެއްވުމާއެކު އެފަދަ ތަކެތި ރައްކާތެރިކަމާއެކު އަނބުރާ ދަރިވަރުންނަށް ރައްދުކޮށްދެއްވުން.
  22. ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ،ޝައުޤުވެރިކަމާއެކު، އަމިއްލައަށް އިސްނަންގަވައިގެން ސްކޫލަށް އެންމެ ފައިދާހުރިގޮތަކަށް އެކަންކަން ކުރެއްވުން.
  23. ހައުސްތަކުގެ ކުޅިވަރުގެ ޙަރަކާތްތައް ސްކޫލުގައި ހިންގެވުމުގައި ޤާބިލްކަންހުރި އެންމެ މަތީ ދަރަޖައެއްގައި ހައުސްއަށް އެހީތެރިވެލައްވާ ހައުސްގެ  ކާމިޔާބީއަށް މަސައްކަތްކުރެއްވުން. 
  24. ސްކޫލުން ބާއްވާ ސްޓާފްމީޓިންގތަކާއި ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް މުދައްރިސެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެލެއްވުން.
  25. ކިޔަވައިދެއްވާ ސެޝަނުގެ ކްލާސްތައް ނިމުމުން މަދުވެގެން 15 މިނިޓްއިރު ވަންދެން، ކުދިންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމުގެ ވަގުތުކޮޅެއް ބެލެނިވެރިންނާއެކު ހޭދަކުރެއްވުން. 
  26. ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ޙަރަކާތްތައް ހިގަމުންދާ ވަގުތުތަކުގައިވެސް ކުދިންގެ ކަންކަމާ ޒިންމާވެ، އެކުދިން އެކަނި ދޫކޮށްނުލެއްވުން.
  27. ސްކޫލުގެ އިތުރު ޙަރަކާތްތައް ހިންގައި އެ ދާއިރާއިން ސްކޫލަށް ރީތި ނަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުން.
     

 

މަޤާމުގެޝަރުތުތައް:

މަޤާމް ނަން

ކްލެސިފިކޭޝަން

ސިވިލް ސަރވިސް

ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިޔަރ ޓީޗަރ

 

ސްކޫލް ޓީޗަރސް

 

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,100.00

2,500.00

CS15-2

 

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް  ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-   ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

-  ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ

9,910.00

 

2,500.00

 

ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-  ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

-  ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން،

- ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛

- ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ

8,440.00

2,500.00

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައިމަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. 

7450.00

2,500.00

 

 

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން،

- ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

- ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

7070.00

2,500.00

 

ސްފެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުން ގޮތުގައި ޓީޗަރަކު ހަމަޖައްސާނީ ތިރީގައިވާ ޝަރުޠުތައް ހަމަވާނަމައެވެ.

  1. ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) އަށް ހާއްޞަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ؛ (މި ޝަރުތުން ހަމަޖެއްސޭނީ CS11 އަދި CS13  ގެ މަގާމުތަކަށެވެ.)
  2. ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުޠު ފުރިހަމަވުމާއެކު، ތިރީގައިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން:
  • ސްޕެޝަލް އެޑިޔުކޭޝަންގެ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮންގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ
  • ސްޕެޝަލް އެޑިއުކޭޝަންގެ ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި، ސްޕެޝަލް އެޑިޔުކޭޝަން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުލާހެއްގައި 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދީފައިވާކަމުގެ ލިޔުމާއި، އެ މުއްދަތުގައި މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި ޓީޗަރުން ހަމަޖައްސާނީ އަންނަނިވި ޝަރުޠުތައް ހަމަވާނަމައެވެ. 

  1. ޕްރީ ސްކޫލަށް ޚާއްސަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ؛ (މި ޝަރުތުން ހަމަޖެއްސޭނީ ސީ.އެސް 2-11 އަދި ސީ.އެސް 5-13 ގެ މަޤާމްތަކަށެވެ.)
  2. ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުތު ފުރިހަމަވުމާއެކު، ތިރީގައިވާ ޝަރުތުތަކުން ޝަރުޠެއް ފުރިހަމަވުން:
  • ޕްރީސްކޫލް ރޮނގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  • ޕްރީސްކޫލް ރޮނގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި، ޕްރީ ސްކޫލް މަރްޙަލާއަށް 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދީފައިވާކަމުގެ ލިޔުމާއި، އެ މުއްދަތުގައި މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.   

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖެނުއަރީ 2020ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިނަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 02 ފެބްރުވަރީ 2020 އާއި 06 ފެބްރުވަރީ 2020 އާ ދެމެދު، ތިނަދޫ ސްކޫލުގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  

 

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ރިލީފް މަޤާމަކަށް އެކަޑަމިކް އަހަރު ނިމެންދެން ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު:             އެކަޑަމިކް އަހަރު ނިމެންދެން

އުޖޫރަ:        ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00ރ

1500.00ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00ރ

2500.00ރ

އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842050 ނުވަތަ 6842060 އަށެވެ. އީ-މެއިލް ކުރާނީ      [email protected]އަށެވެ.

                        21 ޖެނުއަރީ 2020

21 ޖަނަވަރީ 2020