ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-PFMU/13/2020/14
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 01 ފެބުރުވަރީ 2020 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ފިސްކަލް އެންޑް ކްރެޑިޓް ރިސްކް އެސެސްމަންޓް ކޮންސަލްޓަންޓް (އިންޓަރނޭޝަނަލް)

 

އިޢުލާން ނަންބަރު: (IUL)13-PFMU/13/2020/14

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

                           

(ކޮންސަލްޓިންގ ސަރވިސަސް – އިންޑިވިޖުއަލް ސިލެކްޝަން)

ފިސްކަލް އެންޑް ކްރެޑިޓް ރިސްކް އެސެސްމަންޓް ކޮންސަލްޓަންޓް (އިންޓަރނޭޝަނަލް)

[WB Ref No: MV-M0FT-151116-CS-INDV]

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދަޢުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ފިސްކަލް އެންޑް ކްރެޑިޓް ރިސްކް އެސެސްމަންޓް ކޮންސަލްޓަންޓް(އިންޓަރނޭޝަނަލް)  މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

 

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިސްކަލް އެންޑް ޑެޓް މެނޭޖްމަންޓްގެ މަސްއޫލިއްޔަތުތައް މިނިސްޓްރީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތަށް ހާސިލުކޮށްދިނުން ހިމެނެއެވެ. ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

 

  • އެކައުންޓިންގ، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ އެއާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  • ސޮވެރިން ޑެޓް މެނޭޖްމެންޓް އަދި ކޮންޓިންޖެންޓް ލަޔަބިލިޓީޒްގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މާލިއްޔަތު ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ދިރާސާކުރުމާއި ދިމާވާމައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ހުރުން.  
  • އިނގިރޭސި ބަހާއި އަދި ދިވެހި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުން.
  • ކޮމަންވެލްތް މެރީޑިއަން ނުވަތަ ކޮމަންވެލްތް ޑެޓް ރިކޯޑިންގ މެނޭޖްމަންޓް ސިސްޓަމްއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ފެބްރުއަރީ 2020 ހޮނިހިރު ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އަބްދުﷲ ޙަސަން

ޕްރޮޖެކްޓް ޑިރެކްޓަރ

ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349368 ،3349102

ފެކްސް:3320706 ،3324432

އީމެއިލް އެޑްރެސް: [email protected] 

         [email protected]

21 ޖަނަވަރީ 2020