ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2020/07
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 1847
ސުންގަޑި: 03 ފެބުރުވަރީ 2020 1400
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2020 އަދި އައު ދައުރަކަށް އިންތިހާބުކުރުމާއި ބެހޭ

19 ޖަނަވަރީ 2020 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2020 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މިޖަލްސާގައި އެސޯސިއޭޝަން އައު ދައުރަކަށް އިންތިޙާބް ކުރުން އޮންނާނެއެވެ. ވީމާ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެހައި މެމްބަރުންނަށް ހުޅުވާލަމެވެ.

  1. އެސޯސިއޭޝަންގެ ރައީސް
  2. އެސޯސިއޭޝަންގެ ނާއިބު ރައީސް
  3. އެސޯސިއޭޝަންގެ ހަޒާންދާރު
  4. އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު
  5. އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރ
  6. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރ
  7. އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު

ވީމާ، މިމަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަނަވަރާއި އައި.ޑީ.ކާޑްގެ ކޮޕީއާއިއެކު 3 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުމަށް އެދެމެވެ.

19 ޖަނަވަރީ 2020 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާގައި ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 02 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ އަމިއްލަ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން، މިއެސޯސިއޭޝަންގެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން ފާއިތުވި 2 އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން 02 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް، 2020  ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ފާއިތުވި 2 އަހަރުގެ މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް ޖަމިއްޔާ ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓްތައް މި އެސޯސިއޭޝަނަށް ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 02 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަސް ކަމުގައި ކަނޑައަޅާފައިވާކަން ވެސް ދަންނަވަމެވެ. މިދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯރޓްތައް މިއެސޯސިއޭޝަނަށް ފޮނުއްވާފައިނުވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންވަމެވެ.

ޝަރުތުހަމަވާ ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު އާޢްމު ޖަލްސާ ބޭއްވޭނެ ތަނާއި ގަޑި އިޢުލާން ކުރެވި ގެޒެޓް ކުރެވޭނެކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

2020-01-20