ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2020/03
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 26 ޖަނަވަރީ 2020 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕްލާންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ޕްލާންޓް އިންޖިނިއަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ

އަސާސީ މުސާރަ:

10,500 ރުފިޔާާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް:6,300 ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް: 2,100 ރުފިޔާ

މެނޭޖްމަންޓް އެލަވަންސް: 4,500 ރުފިޔާ

ތަޢުލީމީ ފެންވަރު /ތަޖްރިބާ:

  1. އިންޖިނިއަރިންގ ނުވަތަ ރެފްރިޖަރޭޝަން ދާއިރާއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން.
  2. މަޤާމާއިގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 15 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

 ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިންޖިނިއަރިންގ ޑިޕާރޓްމަންޓްގެ  މަސައްކަތްތައް ސްޕަރވައިޒްކުރުމާއި، މެޝިނަރީތައް މެއިންޓެއިންކޮށް ބެހެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ނ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އިންޓަރވިއު -------------%50

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-  ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  26 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޖެނުއަރީ 2020

20 ޖަނަވަރީ 2020